ވ. އަތޮޅުން ސަފާރީއެއްގައި ރޯވެ އަނދަނީ

ފަތުރުވެރިކަން ފުޅާވެފައިވާ ވ. އަތޮޅުގައި އޮތް ސަފަރީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފި އެވެ.
ވީ ކިހިނެއް؟ - މި ހަދިސާ ހިނގައިގެން އެމްއެންޑިއެފްއިން ހަރަކާތްތެރިވަމުންދާކަން އެތަނުގެ މީޑިއާއިން ބުނީ، މިއަދު އިރުއޮއްސި 6:48ގަ އެވެ. ރޯވެފައި ވަނީ 'ޔަސްވާ ޕްރިންސަސް' ނަމަކަށް ކިޔާ ސަފާރީއެއް ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
ބުނީ ކީކޭ؟- "ވ.އަތޮޅު ކުދަންބަރާ ކައިރީގައި އޮތް "ޔަސާވާ ޕްރިންސަސް" ނަމަކަށް ކިޔާ ސަފާރީއެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށައިފި،" އިތުރު ތަފްސީލެއް ނެތި، އެމްއެންޑީއެފްއިން ފޮނުވި ކުރު މެސެޖްގައި ބުނެފައިވެ އެވެ.
އެ ހާދިސާގައި ތިބީ ކިތައް މީހުން ކަމެއް އަދި އެއްވެސް މީހަކަށް ގެއްލުން ލިބުނު ކަމެއް އަދި ކަށަވަރެއް ނޫނެވެ.
އެމްއެންޑިއެފްއިން ހިއްސާ ކުރި ފޮޓޯއިން ފެންނަ ގޮތުގައި ސަފާރީގެ ގެގަނޑުގެ ކުރީކޮޅުގައި ވަރަށް ބޮޑަށް އަލިފާން ވަނީ ހިފާފަ އެވެ. އަލިފާން ހިނގަން މެދުވެރި ސަބަބެއް އަދި އަލިފާން ކޮންޓްރޯލްވިކަމެއް އަދި ސާފެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ