ސަފާރީއެއްގައި ރޯވެ އަނދަނީ
ވ. އަތޮޅު ކުޑައަންބަރާ ކައިރީގައި އޮތް "ޔަސާވާ ޕްރިންސަސް" ނަމަކަށް ކިޔާ ސަފާރީއެއްގައި އަލިފާން ރޯވެއްޖެ އެވެ.އެމްއެންޑިއެފުން ބުނީ އެ ސަފާރީގައި އަލިފާން ރޯވެގެން ރިޕޯޓުކޮށްފައި ވަނީ މިއަދު އިރުއޮއްސި 6:48ގައި ކަމަށެވެ.ނަމަވެސް އެ ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.އެ ސަފާރީގައި ތިބި މީހުންގެ އަދަދާއި މީހަކަށް އަނިޔާވި ކަމެއް ވެސް މިހާތަނަކަށް ސާފެއް ނޫނެވެ.އެމްއެންޑީއެފުން ހިއްސާކުރި ފޮޓޯއިން ފެންނަ ގޮތުގައި ސަފާރީގެ ކުރީކޮޅުގައި އޮތީ އަލިފާން ވަރަށް ބޮޑަށް ރޯވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ