ރާއްޖެއަށް ދިމާވާ ކޮންމެ ކަމެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ދޭ ގައުމަކީ އިންޑިއާ: ފައިސަލް
ރާއްޖޭގެ ތަރައްގީގެ އެންމެ މުހިންމު އެއް ބައިވެރިޔާއަކީ އިންޑިއާ ކަމަށާއި، ރާއްޖެއަށް ދިމާވާ ކޮންމެ ކަމެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ފޮރުކޮށްދޭ ގައުމަކީ ވެސް އިންޑިއާ ކަމަށް ވިދާޅުވެ ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް އެ ގައުމަށް ތައުރީފުކުރައްވައިފިއެވެ. އަށްވަނަ އަތަލް ބިހާރީ ވަޖްޕާއީ މެމޯރިއަލް ލެކްޗާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ފައިސަލް ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައިފައެވެ. https://x.com/FaisalNasym/status/2003847059624091659 އެގޮތުން އަބަދުވެސް އިންޑިއާއިން ރާއްޖެއާ މެދު ބާއްވަމުން އަންނަ ރަޙުމަތްތެރިކަމާއި، ވަރުގަދަ ގުޅުން ފާހަގަކުރެއްވިއެވެ. ހަމައެއާއެކު އަބަދު ވެސް ރާއްޖެއަށް ދިމާވާ ކޮންމެ ކަމެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ދޭ ގައުމަކީ އިންޑިއާ ކަމަށް ފައިސަލް ވިދާޅުވިއެވެ. ޚާއްސަކޮށް ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު އިންޑިއާއިން ފޯރުކޮށްދިން އެހީއާއި، އެކަމުން އަރައިގަތުމަށް ކުރި މަސައްކަތް ފައިސަލް ވަނީ ފާހަގަކުރައްވައިފައެވެ. އަށްވަނަ އަތަލް ބިހާރީ ވަޖްޕާއީ މެމޯރިއަލް ލެކްޗާ ޝަރަފުވެރިކޮށްދެއްވާ ފައިސަލް ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ ވީޕީ ފައިސަލް މީޑިއާ އަޕްޑޭޓްސް އެގޮތުން އިންޑިއާއިން އެންމެ ފުރަތަމަ ވެކްސިން ފޯރުކޮށްދިން ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމާއި، އެކަމުން ސަލާމަތްވެ، ރާއްޖޭގެ ބޯޑަރު ހުޅުވުމުގައި އިންޑިއާއިން އަދާކުރި އިސް ދައުރު ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ވެދީފައިވާ އެހީތެރިކަން ވަނީ ފާހަގަކުރައްވައިފައެވެ. ތައުލީމާއި، ސިއްހަތާއި، ކުޅިވަރު އަދި މި ނޫން ވެސް ދާއިރާ ތަކުން އިންޑިއާއިން ރާއްޖެއަށް ކޮށްދީފައިވާ ކަންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ