މާލެ ސަރަހައްދުގައި އިތުރު 1500 ޓަނުގެ ގޭސް ސްޓޯރޭޖެއް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުުމުގައި އެހެން ވިދާޅުވެފައިވާ އިރު، މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ގޭސް ލިބުން ދަތިވެ، ދިހަ ކިލޯގެ ގޭސްފުޅި ވިއްކުން ވަގުތީގޮތުން ހުއްޓާލައި ފަސް ކިލޯގެ ގޭސްފުޅި ވިއްކަން މޯލްޑިވްސް ގޭސްއިން ފެށިއެވެ. ނަމަވެސް ފަހުން އެކަން ހައްލުކުރުމުގެ ގޮތުން މިދިޔަ ހުކުރު ދުވަހު އާ ޝިޕްމަންޓެއް ގެނެސް ވަނީ ދިހަ ކިލޯގެ ގޭސްފުޅި އަލުން ވިއްކަން ފަށައިފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޒަމީރު ވިދާޅުވީ އެސްޓީއޯއިން އެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި މިވަގުތަށް ރާއްޖެއަށް ގޭސް ލިބުމުގައި އެއްވެސް ދައްޗެއް ނެތް ކަމަށެވެ.
ނަމަވެސް ރާއްޖޭގެ ތެލާއި ގޭހުގެ ސްޓޯރޭޖު ހުރީ ދަށުގައި ކަމަށްވާތީ، ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް އެސްޓީއޯއިން ކުރަމުންދާ ކަމަށާއި އެ މަސައްކަތް މިއަހަރު ތެރޭ ނިންމައިލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ 1500 ޓަނުގެ ސްޓޯރޭޖެއް ތަރައްގީކޮށް، ދެ މަހާއި ބައިގެ ސްޓޮކެއް މާލެ ސަރަހައްދުގައި ގެންގުޅެވޭނެ ކަމަށާއި މިހާރު މާލެ ސަރަހައްދުގައި އެސްޓީއޯއިން ބޭނުންކުރަމުންދަނީ 100 ޓަނުގެ ސްޓޯރޭޖެއް ކަމަށެވެ.
މާލެ ސަރަހައްދުގައި އެސްޓީއޯއިން އިތުރު 1500 ޓަނުގެ ގޭސް ސްޓޯރޭޖެއް ތަރައްގީކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ