އެސްޓީއޯއިން އަތޮޅުތަކުގެ ވިޔަފާރިތަކަށް ވިއްކާ ތެލާއި، މިފްކޯއިން ވިއްކާ ތެލުގެ އަގު ވެސް ބޮޑުވެއްޖެ އެވެ.
ވީކިހިނެއް؟ - ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ވަނީ 100 ޑޮލަރަށްވުރެ މަތިވެފަ އެވެ. އޭގެ ސަބަބުން ރާއްޖޭގައި ވެސް ތެޔޮ ވިއްކާ އަގު އަންނަނީ އުފުލެމުންނެވެ.
ތަފްސީލް - މިފްކޯއިން މިއަދު ނެރުނު މެމޯއެއްގައި ގޮތުގައި ކުންފުނިން ޑީސަލް ވިއްކަމުން ދަނީ:
މަސްވެރިންނަށް ޑީސަލް ލީޓަރެއް 27.24ރ.
އާންމު އެހެން މީހުންނަށް ޑީސަލް ލީޓަރެއް 28.54ރ.
އެސްޓީއޯއިން އަތޮޅުތަކުގެ ވިޔަފާރިތަކަށް ވިއްކާ ރޭޓު ލީޓަރަކަށް ގާތްގަނޑަކަށް 27ރ. އަށް ބޮޑުކޮށްފައިވާ ކަމަށް ވިޔަފާރިވެރިން ދަނީ ބުނަމުންނެވެ.
ހދ. ކުޅުދުއްފުށި މޭޔަރު މުހައްމަދު އާތިފް އާއި އައްޑޫގެ މޭޔަރު އަލީ ނިޒާރު ވަނީ އެ ސަރަހައްދުގައި ވިޔަފާރިތަކުން ތެޔޮ ވިއްކާ އަގު ބޮޑުކުރުމުން ކަންބޮޑުވުން ފާޅުކޮށްފަ އެެވެ. އެ ގޮތުން:
އައްޑޫގައި ޕެޓްރޯލް ލީޓަރެއް ވިއްކަނީ 29.26ރ.އަށް އަދި ޑީސަލް ލީޓަރެއް ވިއްކަނީ 30.13ރ.އަށް
ކުޅުދުއްފުށީގައި ޕެޓްރޯލް ލީޓަރެއް ވިއްކަނީ 29.30ރ.އަށް އަދި ޑީސަލް ލީޓަރެއް ވިއްކަނީ 29.51ރ.އަށް
ތެލުގެ އަގު މި ވަރަށް ބޮޑުނުވަނީ އަދި އެސްޓީއޯގެ ޕެޓްރޯލް ޝެޑްތަކުން ވިއްކާ އަގުގައި އެކަންޏެވެ. އެއީ:
ޕެޓްރޯލް - ލީޓަރަކުން 2.51ރ. އަގުބޮޑުކޮށް، 16.01ރ.އަށް؛ މިއީ %18.6ގެ ބޮޑުވުމެއް
ޑީސަލް - ލީޓަރަކުން 3.62ރ. ބޮޑުކޮށް، 17.54ރ.އަށް؛ މިއީ %26ގެ ބޮޑުވުމެއް
އެނގުން މުހިންމު - ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވި ނަމަވެސް ރާއްޖޭގެ ތެލުގެ އަގު ހިފެހެއްޓުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވެފައިވެ އެވެ. އެ ގޮތުން، އެސްޓީއޯއަށް ލިބޭނެކަމަށް ބެލެވޭ ފައިދާއިން ބައެއް ހިމަނައިގެން ތެލުގެ ސަބްސިޑީ އިތުރުކުރާނެ ކަމަށް ވިދާޅުވި އެވެ.
އެސްޓީއޯއިން ވިޔަފާރިތަކަށް ވިއްކާ ތެލާއި މިފްކޯއިން ތެޔޮ ވިއްކާ އަގު ބޮޑުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ