ތެޔޮ އިގުތިސާދު ކުރަން ލަންކާ އިން އިތުރު ފިޔަވަޅެއް: ކޮންމެ ބުދަ ދުވަހެއް ސަރުކާރު ބަންދު!

ތެޔޮ އިގުތިސާދު ކުރުމަށް ކޮންމެ ހަފުތާއެއްގެ ބުދަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި އެ ގައުމުގެ ސަރުކާރުން ކަނޑައަޅައިފި އެވެ.
މިއީ އެމެރިކާ އާއި ޔަހޫދީ އިޒްރޭލުން އިސްވެ އޮވެ އީރާނަށް ދޭން ފެށި ހަނގުރާމައާ ގުޅިގެން މެދުއިރުމަތިން ތެޔޮ ލިބުމުގައި ދިމާވެފައިވާ ދަތިތަކުގެ ސަބަބުން އެ ގައުމުން އެޅި ފިޔަވަޅެކެވެ.
”އަހަރެމެން އެންމެ ގޯސް ހާލަތަށް ތައްޔާރުވާންޖެހޭ, ނަމަވެސް އެންމެ ރަނގަޅު ގޮތް ވުމަށް އުންމީދުކުރަންވާނެ,“ ހަނގުރާމައާ ގުޅިގެން ބޭއްވި ކުއްލި ބައްދަލުވުމެއްގައި ލަންކާގެ ރައީސް އަނޫރާ ކުމާރަ ދިސާނަޔަކަ ވިދާޅުވި އެވެ.
ލަންކާގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން, މާދަމާ އިން ފެށިގެން އަމަލުކުރަން ފަށާ އެ ފިޔަވަޅުގެ ދަށުން އެ ގައުމުގެ ސްކޫލްތަކާއި ކޮލެޖުތަކާއި ޔުނިވާސިޓީތައްވެސް ކޮންމެ ބުދަ ދުވަހު ބަންދުވާނެ އެވެ. ނަމަވެސް ސިއްހީ ދާއިރާ, ޕޯޓްތަކާއި, އިމިގްރޭޝަން އަދި ކަސްޓަމްސް އިދާރާތައް އެ ފިޔަވަޅަށް އަމަލުކުރާކަށް ނުޖެހޭނެ އެވެ.
ތެޔޮ އިގުތިސާދު ކުރުމުގެ ގޮތުން ލަންކާގައި ދަނީ ކޮންޓްރޯލް ކޮށްގެން ތެޔޮ ވިއްކަންވެސް ފަށައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ