މާދަމާ މާލެ ސަރަޙައްދުގައި ޢާންމު ދަތުރުފަތުރުގެ ޚިދުމަތްދޭނެ ވަގުތުތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ޢާންމުކޮށްފިއެވެ.
އެމްޓީސީސީން ވަނީ މާލެ ސަރަޙައްދުގައި ބަހުގެ ޚިދުމަތާއި ފެރީގެ ޚިދުމަތްދޭނެ ވަގުތުތައް ޢާންމުކޮށްފައެވެ. އެގޮތުން، މާލެ ސަރަޙައްދުގައި މާދަމާ ބަހުގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:00 ޖަހާއިރުއެވެ. ނަމަވެސް، ހުޅުމާލެ ދެފިޔަވައްސާއި މާލެއިން އެއާޕޯޓަށް ކުރާ ދަތުރުތައް އެއަށްވުރެ ކުރިން ފަށާނެއެވެ. މިގޮތުން، ހުޅުމާލެ ދެ ފިޔަވަހިން އެއާޕޯޓަށް ބަސްދަތުރުތައް ފަތިހު 5:30 އިން ފެށިގެން 6:35 އާ ހަމައަށް ފެށުމަށް ހަމަޖެހިފައިވާއިރު، މާލެއިން އެއާޕޯޓަށް ބަސްދަތުރު ފަށާނީ ހެނދުނު 6:40 ގައެވެ. އަދި ވިލިމާލޭގައި ބަހުގެ ޚިދުމަތް ހެނދުނު 6:00 އިން 8:00 އަށް މެދުކަނޑާލުމަށް ވަނީ ނިންމާފައެވެ.
މީގެއިތުރުން، އެމްޓީސީސީން ބުނީ ޢީދު ދުވަހާ ގުޅިގެން މާލެއިން ވިލިމާލެއަށް ކުރާ ފެރީ ދަތުރުތަކުގެ ތެރެއިން، ޢީދު ނަމާދުގެ ކުރިން އެންމެ ފަހު ފެރީ އޮންނާނީ ހެނދުނު 6:30 ގައި ކަމަށެވެ. އަދި ޢީދު ނަމާދަށްފަހު 8:00 ހާއިރު ދަތުރުތައް ފަށާނެކަމަށާއި މާލެއިން ހުޅުމާލެއަށް ކުރާ ފެރީ ދަތުރުތައް ފަށާނީ މެންދުރު 14:00 ގައި ކަމަށް އެ ކުންފުނިން ބުންޏެވެ. އެމްޓީސީސީން އިތުރަށް ބުނީ، ޢީދު ދުވަހު މާލެއާއި ތިލަފުއްޓާ ދެމެދު ދަތުރުތައް ފަށާނީ ހެނދުނު 8:30 ގެ ފަހުން ކަމަށެވެ.
ހަމައެއާއެކު، އަންނަ ހޯމަ ދުވަހުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލްއިން ލަފާ ފުރާ އަތޮޅު ފެރީތައް މާފަންނު ފެރީ ޓާމިނަލްއާއި ހުޅުމާލެ ފެރީ ޓާމިނަލް މެދުވެރިކޮށް ލަފާ ފުރާގޮތަށް ވަނީ ބަދަލުގެނެސްފައެވެ.
މާދަމާ މާލެ ސަރަޙައްދުގައި ޢާންމު ދަތުރުފަތުރުގެ ޚިދުމަތްދޭ ވަގުތުތަކަށް ބަދަލެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ