ބޯޓެއް ބަންޑުންޖަހާލައި، ދެ މީހަކު ގެއްލިގެން ހޯދަނީ
ހަތަރު މީހުން ދަތުރުކުރި މުދާ އުފުލާ ބޯޓެއް ބަންޑުން ޖަހާއި، ދެ މީހަކު ގެއްލިގެން ހޯދާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.އެމްއެންޑީއެފުން ބުނީ، ދެ މީހަކު ގެއްލިގެން ހޯދަނީ، "ބަލްމާ 6" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް، ތާޖް އެގްޒޯޓިކާ ރިޒޯޓު ކައިިރިއަށް ބަންޑުން ޖަހާލައިގެން ކަމަށެވެ. އެހެންވެ، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން، ޑައިވަރުންގެ ޓީމެއް އެ ސަރަހައްދުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން ދެ މީހަކު ގެއްލުނު އިރު އަނެއް މީހުން ސަލާމަތްކުރީ ކުރީ އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.އެ ހާދިސާއާ ބެހޭ އިތުރު މައުލޫމާތެއް އަދި ނުލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ