އިންތިހާބުގެ ޝަކުވާތައް ބަލަން ކޮމްޕްލެއިންޓްސް ބިއުރޯއެއް
ކުރިއަށް އޮތް ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ މައްސަލައާއި ޝަކުވާ ހުށަހަޅަން ގައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ ގާއިމުކޮށްފައެވެ.އިންތިހާބުތަކާ ގުޅިގެން ގައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ، ރައްޔިތުންނަށް ފަސޭހައިން އިންތިޚާބީ ޝަކުވާ ނުވަތަ މައްސަލަ ހުށަހެޅުމަށާއި އެ ހުށަހަޅާ ޝަކުވާއެއް ނުވަތަ މައްސަލަތައް އަވަހަށް ބެލޭނެ ނިޒާމެއް އެކަށައެޅުމަށެވެ.ޝަކުވާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ބިއުރޯގެ އީމެއިލް complaints@elections.gov.mv އަދި މި ކޮމިޝަނުގެ ކައުންޓަރުތައް މެދުވެރިކޮށެވެ. ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނީ މިކޮމިޝަނުގެ ވެބްސައިޓު، އިންތިހާބާބެހޭ މަރުކަޒު އަދި މިކޮމިޝަނުގެ އިދާރާގެ ކައުންޓަރުންނެވެ. މީގެ އިތުރުން ސިޓީ/އަތޮޅު/ރަށު/އަވަށު ކައުންސިލްތަކުގެ ފޯކަލް ޕޮއިންޓުންނާއި ރާއްޖެއިން ބޭރުގައި ހަމަޖައްސާފައިވާ ފޯކަލް ޕޮއިންޓު މެދުވެރިކޮށް ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނެއެވެ.ކައުންޓަރު ހުޅުވިފައި ހުންނާނީ، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 06:00 އަށެވެ.އީސީން ބުނީ، އަންނަ އޭޕްރީލް ހަތަރު ވަނަ ދުވަހު އިންތިޚާބުގެ ވޯޓު ލާން ފެށީއްސުރެ، ފޮށިތަކުގެ ވަގުތީ ނަތީޖާ އިއުލާންކުރުމާ ހަމައަށް ޝަކުވާ ބަލައިގަންނާނެ ކަމަށެވެ.އެ ކޮމިޝަނުން ބުނި ގޮތުގައި، އިންތިހާބުގެ ވޯޓު ލުން އޮންނާނީ އަންނަ އޭޕްރީލް ހަތަރުވަނަ ދުވަހުގެ 08:00 އިން 16:00އަށެވެ. އެ އިންތިހާބުގެ ވޯޓު ގުނަން ފަށާނީ ވޯޓު ނަގާ ނިމޭތާ، 30 މިނެޓުގެ ހުސް ވަގުތުކޮޅަކަށް ފަހުގައި ކަމަށްވާއިރު، ރަސްމީ ނަތީޖާ އިއުލާނުކުރާނީ އަންނަ އޭޕްރީލް 11 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ