ވަގުތީ ލިސްޓް ނެރެ، އެ ލިސްޓް އިވެލުއޭޓް ކުރުމަށް ނަގާނެ މުއްދަތެއް ބުނަން އެނގޭނީ އަންނަ އެޕްލިކޭޝަންތަކަށް ބަލާފައި ކަމަށް ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ "ޢާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓަށާއި ގޯއްޗަށް އެދުމުގެ ފުރުސަތު މިއަދު ވަނީ ހުޅުވާލާފައެވެ.
ގޯއްޗާއި ފުލެޓަށް އެދި ހުށަހަޅަންޖެހެނީ ”ބޯހިޔާވަހިކަން އެންމެނަށް“ ޕޯޓަލް މެދުކޮށެވެ. ޕޯޓަލްގެ ލިންކަކީ boahiyaavahikan.housing.gov.mv އެވެ.
ފުލެޓަށް އެދުމުގެ ފުރުސަތު މިއަދުން ފެށިގެން 17 އެޕްރީލްވާ ހުކުރު ދުވަހުގެ 23:59 ނިޔަލަށް ހުޅުވާލާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.
އަދި ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލާއިވަނީ 04 މާރިޗު 2026 ވާ ބުދަ ދުވަހުގެ 23:59 ގެ ނިޔަލަށް ކަމަށްވެސް ބުންޏެވެ.
މިކަމާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވަޒީރު މުއްޠަލިބު ވިދާޅުވީ، ގޯއްޗާއި ފުލެޓަށް އެދޭ ފަރާތްތަކުގެ ވަގުތީ ލިސްޓް ނެރުމަށްފަހު، އެ ލިސްޓަށް ޝަކުވާ ހުށަހެލުމުގެ ފުރުސަތު ހުޅުވާލައި އަދި އެފަހުން ލިސްޓްތައް އިވެލުއޭޓް ކުރުމުގެ ކަންކަންވެސް ކުރިއަށް ގެންދާނެ ކަމަށެވެ.
އެގޮތުން ލިސްޓް އިވެލުއޭޓް ކުރަންދާނެ މުއްދަތު އެނގޭނީ ގޯއްޗާއި ފުލެޓަށް އެދޭ ފަރާތްތަކުން ހުށަހަޅާ އެޕްލޮކޭޝަންތަކަށް ބެލުމަށްފަހުގައި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
”އަޅުގަނޑުމެންނަށް ލިބޭ އެޕްލިކޭޝަންގެ އަދަދުން އިވެލުއޭޝަންއަށް ދާނީ ކިހާވަގުތެއްކަން ކަނޑައެޅޭނީ. ކޮންމެ ގޮތެއް ވިޔަސް މީގައި ލިބިފައި ހުރި މައުލޫމާތަށް ބަލާފައި، ވަގުތީ ލިސްޓެއް ނެރެފައި، އަދި އެމީހެއްގެ ނަމުގައި އެއްވެސް ތަނެއް އޮތްތޯ، ރާއްޖޭގެ ހުރިހާ ތަނަކުން ވެރިފައި ކުރަންވެސް ޖެހޭނެ. އެހެންވީމާ އެ މަސައްކަތް އަޅުގަނޑުމެން ކުރިއަށްގެންދާނަން،“
ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުالله މުއްޠަލިބު
”އޭގެ ކުރިންވެސް ވަގުތީ ލިސްޓެއް ނެރެގެން މައުލޫމާތު ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ. އެހެންނަމަވެސް އެޕްލިކޭޝަން ލިބޭ މިންވަރަކުން އެނގޭނީ ކިހާ މުއްދަތެއް ނަގާނެކަން“ ވަޒީރު އިތުރަށް ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވަނީ މި ދައުރުގެ ތެރޭގައި ގޯތިތަކުގެ ރަޖިސްޓްރީ ހަދައިދީ އިން ވަކިކޮށްދީ ގޯތި ހަވާލުކުރައްވާނެ ކަމަށެވެ. އަދި އިއުލާނު ކުރާ 7900 ފްލެޓަކީ މިހާތަނަށް ފައިނޭންސް ޔަގީންވެފައިވާ ޔުނިޓްތަކުގެ އަދަދު ކަމަށް ވެސް ވިދާޅުވިއެވެ.
"2008 ގެ ފަހުން އެއްވެސް ސަރުކާރަކަށް އެ ސަރުކާރަކުން ފެށި ޕްރޮޖެކްޓެއް ނިންމައި ފްލެޓަށް މީހުން ވެއްދިފައެއް ނުވޭ. އިރާދަކުރެއްވިއްޔާ މި ސަރުކާރުން އެކަން ބަދަލުކުރާނަން .އަމާޒަކީ މި ހުރިހާ ފްލެޓްތަކެއް މަސައްކަތްތައް ނިންމައި މީހުންނަށް ދިރިއުޅެވޭ ވަރުކުރުން." ވަޒީރު މުއްތަލިބް ވިދާޅުވިއެވެ.
ލިސްޓްގެ އިވެލުއޭޝަންއަށް ނަގާނެ މުއްދަތެއް އެނގޭނީ އަންނަ އެޕްލިކޭޝަންތަކަށް ބަލާފައި: ޑރ.މުއްޠަލިބު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ