ގދ. ފިޔޯރީގައި ދާޖަހައިގެން މަސް ހިފަންގޮސް އުޅުނު މީހަކު ގެނބިގެން ނިޔާވެއްހެއެވެ.
ފުލުހުން މަޢުލޫމާތު ދީފައިވާގޮތަށް ބަލާއިރު، އެ ހާދިސާ ހިނގައިގެން ފުރުލަށް ރިޕޯޓްކޮށްފައިވަނީ، މިއަދު މެންދުރު 01:42 އެހައިކަންހާއިރުއެވެ.
އެމީހާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދީފަވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ނިޔާވެފައި ވަނީ ގަހާކޯޅި، ގދ. ފިޔޯރީ، މުޙައްމަދު ޙުސައިން (79އ) އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ފިޔޯރީގައި މަސް ހިފަންގޮސް އުޅުނު މީހަކު ގެނބިގެން ނިޔާވެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ