ގުޅީފަޅު ކައިރިން، ދޯންޏެއްގައި އަލިފާން ރޯވެއްޖެ

ކ. ގުޅީފަޅު ކައިރީ އޮތް ދޯންޏެއްގައި މިއަދު ރޯވެއްޖެއެވެ. އެމްއެންޑީއެފުން ބުނީ، ރޯވެފައި ވަނީ ގުޅީފަޅު ނެރާ ދިމާލުން ބޭރުގައި އޮތް "އޮގްޒޮން ކެރިއާ 2" ނަމަކަށްކިޔާ ދޯންޏެއްގައި ކަމަށެވެ. އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަނުން ދަނީ އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރަމުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ. https://x.com/MNDF_Official/status/2053036204120236488 އެ ދޯނީގައި މީހުން ތިބި ކަމުގެ މައުލޫމާތެއް މިހާތަނަށް ހިއްސާކޮށްފައިނުވެއެވެ. ތަފުސީލް އަންނަނީ..
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ