ގުޅީފަޅު ބޭރުގައި އޮތް ދޯންޏެއްގައި ރޯވެ، ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމުގެ މައުލޫމާތު ލިބިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދުއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ގުޅީފަޅު ނެރާ ދިމާލުން ބޭރުގައި އޮތް "އޮގްޒޮން ކެރިއަރ 2" ނަމަކަށްކިޔާ ދޯންޏެއްގައި ކަމަށެވެ. މި ހާދިސާގެ ރިޕޯޓު ލިބުމާއެކު، އަލިފާން ނިއްވުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ސިފައިން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. ދޯނީގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ފަޔަރ ފައިޓަރުން ދަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަމުގެ މައުލޫމާތެއް އަދި މިހާތަނަށް ސާފެއް ނުވެއެވެ. އަދި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް ވެސް އެމްއެންޑީއެފުން އަދި ހާމައެއް ނުކުރެއެވެ.
އިތުރު ތަފްސީލް އަންނަނީ.....
ގުޅީފަޅު ކައިރީ އޮތް ދޯންޏެއްގައި ރޯވެ އަނދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ