ގަލަންޓް ނަތަންޔާހޫއަށް: ކަލެއަކީ އިސްރާއީލަށް ހުރި ބޮޑު ބިރެއް. ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި ފުވައްމުލަކުގެ ކަރަންޓު މައްސަލައަށް 12 ދުވަސް: ފެނަކައިން ދެއްކީ ކުރީ ސަރުކާރުގެ ދޯހަޅިކަން މާލޭގައި ދުއްވޭނެ އުޅަނދުގެ އަދަދު ކުރިއަށް

ލިވަޕޫލަށް ކުޅެމުން އަންނަ މިޞްރުގެ ކެޕްޓަން މުޙައްމަދު ޞަލާޙުއަށް އަނިޔާގެ މައްސަލަ ކުރިމަތިވެ، ކުޅުމާއި ދުރައްދާން ޖެހިއްޖެއެވެ.
ޞަލާޙުއަށް އަނިޔާވީ، އެފްރިކަން ކަޕްގައި މިޞްރުން ގާނާއާ ދެކޮޅަށް ކުޅެ 2-2 ގެ ނަތީޖާއިން އެއްވަރުވި މެޗުގައި އޭނާގެ ފަލަމަސްގަނޑަށެވެ.
އެ މެޗުގައި ޞަލާޙުއަށް އަނިޔާވީ މެޗުގެ ފުރަތަމަ ހާފުގެ އިތުރުވަގުތުގައެވެ. މި އަނިޔާއާއި ގުޅިގެން ޞަލާޙު ވަނީ ބަދަލު ވެސް ކޮށްފައެވެ. މި އަނިޔާގެ ސަބަބުން އެންމެ ފަހުން ކޭޕް ވަރްޑޭއާއި ދެކޮޅަށް މިސްރުން ކުޅުނު މެޗުގައި ޞަލާޙު ކުޅެފައެއް ނުވެއެވެ. ލިބުނު އަނީޔާއަށް މިހާރު އޭނާ މިހާރު އަންނަނީ އިނގިރޭސި ވިލާތުގައި ފަރުވާވެސް ހޯދަމުންނެވެ.
ޞަލާޙުގެ އަނިޔާއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އޭނާގެ އެޖެންޓު ރަމީ ޢައްބާސް ބުނީ، ހީކުރެވުނު ވަރަށްވުރެ ޞަލާޙުގެ އަނިޔާ ސީރިއަސް ކަމަށާއި އެގޮތުން ގާތް ގަނޑަކަށް 21 ދުވަސް ނުވަތަ 28 ދުވަހުގެ މުއްދަތަކަށް ޞަލާޙު ކުޅުމާ ދުރުގައި ހުންނަން ޖެހިދާނެ ކަމަށެވެ.
އަދި މިހާރު ކުރިއަށްދާ އެފްރިކަން ކަޕް މުބާރާތުގައި ޞަލާޙު އަށް ދެން ކުޅުމުގެ ފުރުސަތެއް އޮތީ، މިހާރު ކުރިއަށްދާ ފަރުވާގެ ޕްރޮގްރާމަށް ފަހު ނުކުންނަ ނަތީޖާއަކަށް ބެލުމަށްފަހުގައި ކަމަށް އޭނާ ބުންޏެވެ.
އަނިޔާ ރަނގަޅުވެއްޖެ ނަމަ، ޞަލާޙު އަލުން ޤައުމީ ޓީމާ ގުޅޭނެ ކަމުގައި ޞަލާޙުގެ އޭޖެންޓް ޢައްބާސް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ