ހައްދު ފަހަނައަޅާފައިވާ އިޒުރޭލުން ޣައްޒާ ސިޓީގެ ހުޅަނގުގައި އޮންނަ އަލްޝާތީ ކޭމްޕްގައި ހުންނަ ހަސަން ސަލާމަހް ސުކޫލަށްހަމަލާދީ އެތައްބައެއް ޝަހީދު ކޮށްލާފިއެވެ.
މިއަދު ހަވީރު ރާއްޖޭގަޑިން 17:40 ހާއިރު ދިން މި ހަމާލާގައި ތިރީހަށްވުރެ ގިނަ މީހުން ޝަހީދުވެ، އެތައްބައެއް ޒަހަމްވެފައިވާކަމަށް ފަލަޞްޠީނުގެ ސިވިލް ޑިފެންސްއިން ހާމަކޮށްފައިވެެެއެވެ.
ފަލަޞްޠީނުގެ ސިވިލް ޑިފެންސްއިން ހާމަކޮށްފައިވާ ގޮތުން މިހަމަލާތައި ގިނައިން ޝަހީދުވެފައިވަނީ ކުޑަކުދިންނާއި އަންހެނުންނެވެ.
Advertisement
2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން ހައްދުފަހަނައަޅާފައިވާ ޔަހޫދީން، ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާއްމުގައި މިއަދާ ހަމައައް 39،583 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ.
އަދި މި ލާއިންސާނީ އުދުވާނުތަކުގައި 91،398 މީހުން ޒަހަމްކޮށްލާފައިވާކަމަށް ޣައްޒާގެ މިނިސްޓްރީ އޮފް ހެލްތް އިން ވަނީ ހާމަކޮއްފައެވެ.
އިޒުރޭލުން ޣައްޒާގެ އަލްޝާތީ ކޭމްޕަށް ހަމަލާދީ އެތައްބައެއް ޝަހީދު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ