ޓްރާންސްފޯމަރަށް ދިމާވި މައްސަލަ ހައްލުކޮށް ފުވައްމުލަކަށް ކަރަންޓު ދީފި

ފުވައްމުލަކު ސިޓީއަށް ކަރަންޓް ދިނުމަށް
ބޭނުންކުރި ދެ ޖަނަރޭޓަރަކަށް ދިމާވި މައްސަލަތައް ހައްލުކޮށް ރޭގެ ވަގުތެއްގައި
މުޅިރަށް ކަރަންޓު ދީފިއެވެ.
ފުވައްމުލަކު ސިޓީގެ އިންޖީނުގޭގެ
ޓްރާންސްފޯމަރަކަށް ދިމާވި މި މައްސަލަ ހައްލުކޮށްފައި ވަނީ  އައްޑޫސިޓީގައި ހުރި ޓްރާންސްފޯމަރެއް
ގެންގޮސްގެން ކަމަށް ފެނަކައިން މަޢުލޫމާތު ދެއްވައެވެ.
ފުވައްމުލަކު ސިޓީއަށް ކަރަންޓު ދިނުމަށް
ބޭނުންކުރި 800 ކިލޯވޮޓްގެ ޖަނަރޭޓަކަށް މައްސަލަ ދިމާވެފައި ވަނިކޮށް އިތުރު ޓްރާންސްފޯމަރެއް
ހަލާކުވެގެން ކަރަންޓު ކެނޑިފައިވަނީ ފުވައްމުލަކުގެ މިސްކިތްމަގާއި މާދަނޑު އަވަށުންނެވެ.
Advertisement
ފެނަކައިން މަޢުލޫމާތު ދީފައިވާ ގޮތުގައި
ފުވައްމުލަކު ސިޓީގެ މިސްކިތްމަގާއި މާދަނޑު އަވަށުން ކަރަންޓު ކެނޑޭ މައްސަލަ
ހައްލުކުރެވިފައި ވަނީ އައްޑޫސިޓީގައި ހުރި 1000 ކިލޯވޮޓްގެ ޓްރާންސްފޯމަރެއް
ގެންގޮސްގެންނެވެ.
ފުވައްމުލަކު ސިޓީގައި ހުރި 800 ކިލޯވޮޓްގެ
ޖަނަރޭޓަށް މައްސަލަ ދިމާވުމާއިއެކު އެމައްސަލަ ހައްލުކުރުމުގެ މަސައްކަތް
ފެނަކައިން ވަނީ ފަށާފައެވެ. އެގޮތުން އެކުންފުނިން ފުރަތަމަ މަސައްކަތް ކުރަމުން
ގެންދިޔައީ ގައްދޫގައި އިންސްޓޯލް ނުކޮށްހުރި 800 ކިލޯވޮޓުގެ ޖަނަރޭޓަރު ސެޓެއް ގެންގޮސްގެން
މައްސަލަ ހައްލުކުރުމަށެވެ. ނަމަވެސް ގައްދޫގެ ރައްޔިތުން ނިކުމެ އިޙްތިޖާޖު
ކުރަން ފެށުމުން އެ ޖަނެރޭޓަރު ސެޓް ގެންދިއުން ވަނީ ހުއްޓަލައިފައެވެ.
ފުވައްމުލަކު ސިޓީއަށް ރޭ 1.16 ގައި އަލުން ކަރަންޓު
ދޫކޮށްފައިވާއިރު ފެނަކައިން ބުނެފައިވަނީ އެސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ
މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް އެ ކުންފިނިން ކުރަމުން ގެންދާ ކަމަށެވެ.
އެގޮތުން 12000 ކިލޯ ވޮޓްގެ އާ ޖަނަރޭޓަރު ސެޓެއް ގެނައުމުގެ މަސައްކަތް ފަށާފައިވަ
ކަމަށާއި މިހާރު އެ މަސައްކަތް އޮތީ ޓެންޑަރިން މަރުހަލާގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ