އުތުރާއި މެދުރާއްޖެއަށް މޫސުން ގޯސްވާނެތީ ސަމާލުވާން އެދިއްޖެ

މެޓް އޮފީހުން މިރޭ ބުނީ، މާދަމާ ހެނދުނު 6 ޖެހުމާއި ހަމައަށް އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށެވެ.އަދި ​އެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 10 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ