މަޖިލިސް މެންބަރުންގެ އަދަދު ދަށްކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ މެމްބަރުންގެ އަދަދު ހިފެހެއްޓުމަށް މަޖިލީހަށް ހުށަހަޅާފައިވާ ޤަރާރަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.
މަޖިލިސް މެންބަރުންގެ އަދަދު މަދުކުރުމުގެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އިބްރާހީމް ޝުޖާއުއެވެ.
ޕީއެންސީއަށް ނިސްބަތްވާ ގިނަ މެންބަރުން ވަނީ މެންބަރ ޝުޖާއު ހުށަހެޅުއްވީ ވަރަށް ރަނގަޅު ގަރާރެއްކަން ފާހަގަކުރައްވާފައެވެ.
މަޖިލީހުން ނެރުނު އިއުލާނެއްގައި ބުނީ، މަޖިލީހުގެ މެމްބަރުންގެ އަދަދު ކޮންމެ 5 އަހަރަކުން އިތުރުވަމުންދާ ދިއުމާމެދު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހަޅާފައިވާ ޤަރާރަށް އާންމުންގެ ހިޔާލު ހޯދަން ބޭނުންވާ ކަމަށެވެ.
އެގޮތުން އެ ޤަރާރަށް އެއްވެސް ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތް ނަމަ އަންނަ މަހުގެ 8 ވަނަ ދުވަހުގެ 14:00 ގެ ކުރިން މަޖިލީހުގެ މިނވަން މުއައްސަސާތަކުގެ ކޮމިޓީގެ މެއިލް އަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުމަށް ވަނީ އެދިފައެވެ.
ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނެފައިވަނީ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުން އިންތިޚާބުކުރަންވާނެ ކަމަށެވެ.
7 އޮގަސްޓް 2008 އިން ފެށިގެން މިހާތަނަށް ބޭއްވުނީ ރައްޔިތުންގެ މަޖިލީހުގެ ތިން އިންތިހާބުގެ ތެރެއިން 2009 ވަނަ އަހަރު ބޭއްވުނު 17 ވަނަ މަޖިލީހަށް އިންތިހާބު ކުރެވުނީ 77 މެމްބަރުންނެވެ. އޭގެ ފަސް އަހަރު ފަހުން 2014 ވަނަ އަހަރު ބޭއްވުނު 18 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރަން ޖެހުނީ 85 މެމްބަރުންނެވެ. އަދި 19 މަޖިލީހަށް އިންތިހާބު ކުރަން ޖެހުނީ 87 މެމްބަރުންނެވެ. މިހާރު ކުރިއަށްދާ 20 ވަނަ މަޖިލީހުގައި 93 މެންބަރުން ތިއްބަވައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮްކޓަރ މުހައްމަދު މުއިއްޒުވެސް ވަނީ މަޖިލީހުގެ އަދަދު ކުޑަކުރުމަށް ތާއިދު ކުރަށްވާފައެވެ. އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި އެންމެ ރަނގަޅު ގޮތަކަށް ވާނީ 17 ވަނަ މަޖިލީހުގައި އަދަދު އޮތް
އަދަދު ކަމަށެވެ. އެއީ 77 މެމްބަރުންނެވެ.
ދައުލަތުގެ އެންމެ އިސްވެރިޔާގެ ގޮތުގައި ހޮވަނީ އެންމެ މީހެއް ކަމަށާއި
އެހެންވީމައި ރަށެއްގެ 300 މީހުން 500 މީހުން 1000ހާ މީހުންގެ ރަށެއްގައި ފަސް
މީހުން ހަތް މީހުން ހޮވުމަކީ ވަރަށް ޚަރަދު ބޮޑު ކަމެއް ކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ