ޗައިނާއަށް، ބްރިޖްގެ މެއިންޓައިނަންސް އަށް ފައިސާ ދިނުމަށް، އާންމު ނިކަމެތި ރައްޔިތުން އަތުން ފީއެއް ނަގަން މުއިއްޒު ނިންމައިފި!

ބްރިޖާއި ހައިވޭތަކަށް ޓޯލް ފީއެއް ތައާރަފު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން މިރޭ ހާމަކޮށްފި އެެވެ.
ސަރުކާރުން އެކަން ހާމަކުރީ ގްރޭޓާ މާލެ މަގުތަކުގެ ރައްކާތެރިކަމާއި އަމާންކަމަށް، “މާލެ ފަހި” ޕްރޮގްރާމް އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ޖަލްސާ ގައެވެ.މިރޭ އޮތް ޖަލްސާ ގައި އެ ޕްރަގްރާމްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ކަންކަމުގެ ތަފްސީލު ހިއްސާ ކުރުމަށް ހާއްސަ ރިޕޯޓެއް ނެގެސްދީފައިވެ އެވެ. އެ ރިޕޯޓްގައި ބުނެފައި ވަނީ ބްރިޖާއި ހައިވޭތަކަށް ޓޯލް ފީއެއް ތައާރަފު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެއީ “މާލެ ފެހި” ޕްލޭންގެ ދަށުން ކުރުމަށް ނިންމާފައިވާ މުހިންމު މަސައްކަތެއް ކަމަށް ވެސް ބުންޏެވެ.
ނަމަވެސް، ދިޔަވަރު ނޫހަށް އެނގިފައިވާ ގޮތުގައި މިއީ ޗައިނާ ސަރުކާރުން މިހާރު ހަދާފައިވާ މެއިންޓަނަންސް އެއްބަސްވުން ނިމުމުން، ހިލޭ އެކަން ރާއްޖެއަށް ކޮށްދޭން ބޭނުން ނުވާތީ، ޗައިނާގެ ކުންފުންޏަކަށް ކޮރަޕްޝަނަށް މަގުފަހިވާހެން ބޮޑު ލާރިގަނޑެއް ދިނުމަށް މުއިއްޒު ކުރަން ނިންމާފައިވާ ކަމެކެވެ.
މި ފީ ރައްޔިތުން އަތުން ނެގުމަށް ފަހު، އެފައިސާ ޗައިނާ ކުންފުންޏަށް، ބްރިޖް މެއިންޓަނަންސް ފީގެ ގޮތުގައި ދެއްކުމުން، ޗައިނާ ކުންފުނިން އޭގެ ބޮޑު ބައެއް މުއިއްޒަށް ދޭން ނިންމާފައިވާކަން ދިޔަވަރު ނޫހަށް ވަނީ ކަށަވަރު ވެފައެވެ.މުއިއްޒު ވަނީ ރައީސް ޔާމީން ސަރުކާރުގައިވެސް ބްރިޖުން ފީއެއް ނަގަން މަސައްކަތް ކޮށްފައެވެ. އެކަން ހުއްޓުވީ އޭރު ރައީސް ޔާމީނެވެ. އޭރު މުއިއްޒު ފީއެއް ނެގުމަށް މަސައްކަތް ކުރުމުން، އެކަމުގެ އަޑުތައް ގަދަވެ، އާންމުގެ ނުރުހުން އަމާޒުވުމުން މުއިއްޒު އެއީ ތިމަންނާ ނުކުރާނެ ކަމެއް ކަމަށް ބުނެ ވަނީ ޓްވީޓް ކޮށްފައެވެ. މުއިއްޒު ނުކުރާނަމޭ ދުވަހަކު ކޮޅުން ކަމަކާއި ގުޅިގެން ބުނެވިފައި އޮތަސް އެކަމެއް ކުރާނެއެވެ.
މުއިއްޒު މިފީ ނަގަން ނިންމާފައިވާ އިރު، ރައްޔިތުން އަތުން ނަގާ ޖީއެސްޓީ ބޮޑުކޮށް، އާސަންދަ ދަތިކޮށް، ޑޮލަރު ލިބުން ކުރިއަށް ވުރެ ބޮޑަށް ދަތިވެ، އާންމުންގެ ދިރިއުޅުމުގެ ހާލަތު ވަނީ ރާއްޖޭގައި ފަހުގެ ތާރީޚެއްގައި ދުވަހަކު ނުދާހާ ދަށަށް ގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ