ހެޔޮ ބަދަލެއް | ފިނޭންސަށް ފައިސާ ހޯދަން ހުށަޅާ ބިލްތަކުގެ އަޕްޑޭޓް ފެންނާނެ ގޮތް ހަދަނީ

ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި މި ނިޒާމުގެ ސަބަބުން ފައިސާ ދޫކުރުން ޓްރާންސްޕޭރެންޓް ވެގެންދާނެ އެވެ. އަދި ބިލްތަކުގެ އަޕްޑޭޓް ބޭނުން މީހަކަށް ވަގުތުން ބަލައިލެވޭނެ އެވެ.
ފައިސާ ހޯދަން ފިނޭންސް މިނިސްޓްރީ އަށް ކޮންޓްރެކްޓަރުން ހުށަހަޅާ ބިލްތަކުގެ އަޕްޑޭޓް ވަގުތުން ވަގުތަށް ރައްޔިތުންނަށް ފެންނާނެ ނިޒާމެއް ތައާރަފު ކުރަން ނިންމައިފި އެވެ.
މިނިވަން ދުވަހުގެ ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޕެންޑިން ބިލްތަކުގެ އަޕްޑޭޓް ރައްޔިތުންނަށް ފެންނާނެ ނިޒާމެއް ގާއިމް ކުރަން ފިނޭންސް މިނިސްޓްރީ އަށް އަންގަވާފައިވާނެ ކަމަށެވެ. އެ ނިޒާމު ގާއިމްވުމުން ކޮންޓްރެކްޓަރުގެ ބިލެއް ފިނޭންސަށް ފޮނުވާ ހިސާބުން ބިލްގެ ހުރިހާ އަޕްޑޭޓެއް ރައްޔިތުންނަށް ވަގުތުން ފެންނަން ހުންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މި ނިޒާމުގެ ސަބަބުން މިނިސްޓްރީން ބޭނުން ވަގުތެއްގައި ފައިސާ ދޫކުރަން ބޭނުންވާ ބިލްތައް މައްޗަށް ޖެއްސުމުގެ ފުރުސަތު އެއްކޮށް ބަންދު ވެގެންދާނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
"އަޅުގަނޑުމެން ހިންގަން ބޭނުން ވަނީ ޓްރާންސްޕޭރެންޓް ސަރުކާރެއް ހުރިހާ މާނައެއްގައިވެސް ދެފުއް ފެންނަ ސަރުކާރެއް. މިހާރު މިނިސްޓްރީން ފައިސާ ދޭ ގޮތުން ނުގަވައިދުން ކަންކަން ކުރުމުގެ މަގު ފަހިވޭ، މިކަން ހުއްޓޭނެ އެ ފައިސާ ދޭން އޮތްގޮތް އެންމެންނަށް އެނގެން އޮނަންޏާ އެކަމެއް ނުކުރެވޭނެ. ބޭނުން ވަނީ ހަގީގީ މާނާގައި ކޮރަޕްޝަން ނައްތާލުމަށްޓަކައި މަސައްކަތް ކުރަން. ހަރުދަނާ ގަވަނަންސް ނިޒާމެއް ގާއިމް ކުރުރުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭކަމެއް މިއީ. ކުރަން ނުކެރިފަ ތިބެގެން ކޮންމެހެން އިހްލާސްތެރި ވެގެން ވާހަކަ ދައްކާނެ ކަމެއް ނެތް،" ރައީސް ވިދާޅުވި އެވެ.
މި ސިސްޓަމް ހިންގާނެ ގޮތް -- ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި މި ސިސްޓަމްގެ ސަބަބުން ފިނޭންސަށް ބޭނުންވާ ޕެންޑިން ބިލްތައް ކޮން އިރަކު ހުށަހެޅި ކާކު ހުށަހެޅި ކިހާވަރެއްގެ ބިލެއްކަން އެންމެންނަށް ފެންނަން ހުންނާނެ އެވެ. އަދި މި ނިޒާމުގެ ސަބަބުން  ބޭނުންވުމުން ފައިސާ ދޫކުރަން ބޭނުންވާ ބިލު މައްޗަށް ނުލެވޭނެ އެވެ. އަދި އޭރުން އެކަން ދާނީ  ދާނީ ތަރުތީބުންނެވެ. މިގޮތަށް ގެންނަން ފުރުސަތު ހުޅުވާލީމަ ވަކިމީހަކަށް ފޭވަ ކުރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. 
" މީ ސިސްޓަމްގެ ސަބަބުން ކޮންމެ މަޝްރޫއެއް ވަކިން އެނގޭނެ. ބިލަށްވީ ކިހާ ދުވަހެއްކަން އެނގޭނެ. އަދި ޕޭމަންޓް ލަސްކޮށްލާނަމަ އެ ލަސްކޮށްލަނީ ކޮން ކަމަކަށް ފައިސާ ދޭންޖެހިގެންކަން އެ ހަފުތާގައި ކޭޝް ފްރޯ މެނޭޖުކުރަން ޖެހޭތީކަން އެނގޭނެ. މުސާރަ ދޭން މަހުގެ ފަހުކޮޅަށްދާއިރު ބައެއް ބިލްތައް ލަސްކުރަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.ރައިީސް މުއިއްޒު ވިދާޅުވި ގޮތުގައި މި ނިޒާމު ތައާރަފު ކުރުމުން ޓްރާންސްޕޭރެންޓްކޮށް ނޫސްވެރިންނަށް ވެސް އެކަމުގެ މައުލޫމާތު ހޯދުމަށް ފަސޭ ހަވާނެ އެވެ."އޭރުން މަޝްރޫއު ހިންގަން ހަވާލުވާ ފަރާތްތަކުގެ ބިލްތައް ފިނޭންސަށް ދިޔައީމަ ކޮންޓްރެކްޓަރަށް އެނގޭނެ ބިލް ފިނޭންސަށް ދިޔަކަން. މީ ސިސްޓަމްގެ ސަބަބުން ކޮންމެ މަޝްރޫއެއް ވަކިން އެނގޭނެ، ރައީސް ވިދާޅުވި އެވެ.
މި އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ އަށް އަށް ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، މިހާތަނަށް ދެ ބިލިއަނެއްހާ ރުފިޔާގެ މަޝްރޫއު ހިންގާފައިވެ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ