މޫސުން ތަންނުދޭނަމަ 17 ނޮވެމްބަރުގައި އޮތް ހުވާކުރުމުގެ ހަފްލާގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރައްވާނީ ރައްޔިތުންގެ މަޖިލީހުގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަން ހަސަން ޒިޔާއު ވިދާޅުވެއްޖެއެވެ.
17 ނޮވެމްބަރުގައި ވިއްސާރަ ނުވާނަމަ އިންތިހާބީ ރައީސް ޑރ. މުއިއްޒުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުމްހޫރީ މައިދާނުގައެވެ. އިންތިހާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަކީ މަޖިލީހުގެ ރަސްމީ ޖަލްސާއަކަށްވުމުން އެ ރަސްމިއްޔާތުގެ ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސާނީ މަޖިލީހުގެ އިދާރާއިންނެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް 17 މިލިއަން ހަރަދުވެފައި ވީއިރު، މިފަހަރުގެ ރަސްމިއްޔާތު ތައްޔާރު ކުރުމާއި ކުރިޔަށް ގެންދިޔުމުގެ މަސްއޫލިއްޔަތު 22.9 މިލިއަން ރުފިޔާގެ އަދަދަކަށް ސިފައިންގެ ގެ ވެލްފެއާ ކޮމްޕެނީ (ސިވެކް) ކުންފުންޏާއި ހަވާލު ކޮށްފައިވެއެވެ. ހުވާކުރުމުގެ ރަސްމިއްޔާތަށް ބޭނުންވާ ހުރިހާ ތައްޔަރީތަކެއް ނޮވެމްބަރު 14ގެ ކުރިން ނިންމަން އަމާޒުކޮށްފައި ވާނެކަމަށްވެސް ޒިޔާއު ވިދާޅުވެފައިވެއެވެ.
ޒިޔާއު ވިދާޅުވެފައިވަނީ އިންތިހާބީ ރައީސް ހުވާ ކުރެއްވުމުގެ ޖަލްސާގައި ހާޒިރީންގެ ލިސްޓު މިއަދު ފައިނަލް ކުރައްވާނެކަމަށެވެ. އަންދާޒާ ކުރެވޭ ގޮތުގައި 3500 ފަރާތަކަށް މި ރަސްމިއްޔާތުގައި ބައިވެރިވުމަށް ދައުވަތު ފޮނުވޭނެކަމަށް ޒިއާއު ވިދާޅުވެފައިވެއެވެ.
މޫސުން ތަންނުދޭނަމަ ޑރ.މުއިއްޒު ހުވާކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ