ކެލާ ދާއިރާގެ ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދެވިއްޖެ: އިބުރޭ

ހއ. ކެލާ ދާއިރާގެ ރަށްރަށުގެ ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދެވިއްޖެކަމުގެ އިހުސާސް ކުރެއްވޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.
އޭނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ކެލާ ދާއިރާގެ ތިން ރަށުގެ ތަރައްގީއަށް އިހުލާސްތެރި މަސައްކަތްތަކެއް ކުރެވި އަދި އެކަމުގެ ސަބަބުން އެރަށް ރަށުގެ ގިނަ ރައްޔިތުންގެ ދިރިއުޅުމަށާއި އުންމިދުތަކަށް ހެޔޮބަދަލުތަކެއް އައިސްފައިކަމުގެ އިހްސާސް ކުރެއްވޭ ކަމަށެވެ.
ކެލާ ދާއިރާގައި އެރަށުގެ އިތުރުން ފިއްލަދޫއާއި ވަށަފަރު އޮތްއިރު، އެ ރަށްތަކަކީ ޕީޕީއެމްގެ ބޮޑު ތާޢީދެއް އޮތް ރަށްތަކެކެވެ.
އެހެންނަމަވެސް 2024 ވަނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާނެކަން ނުވަތަ ނޫންކަން އޭނާ ވިދާޅުވެފަައެއް ނުވެއެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ވާދަކުރައްވާކަން ދުރާލާ ވަރަށް ގިނަބަޔަކު ސޯޝަލް މީޑިއާގައި ހާމަކުރަމުން އަންނައިރު، އޭގެ ތެރޭގައި މިހައިތަނަށް އެންމެގިނައީ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތައްކަން ފާހަގަކޮށްލެވެއެވެ.
ގިނަ ނޫސްވެރިންތަކެއް ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ފާޅުކުރައްވަމުން މި ގެންދަވަނީ މިއަހަރުގެ ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށް ފަހު، ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާނެތޯ ރައީސް ސާލިހަށް ނޫސްވެރިއަކު ސުވާލު ދެންނެވުން އެމަނިކުފާނު ދެއްވި ޖަވާބުން ކަމަށް ބެލެވެއެވެ.
ސާލިހު ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވަން ނުވިސްނަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ