ނިޝާން ބަންދު ކުރި މައްސަލަ ސުޕްރީމް ކޯޓުގެ އިސްތިއުނާފަށް

މިދިޔަ މަހު މާލޭގައި ބައިނަލްއަގްވާމީ ޔޯގާ ދުވަހާ ގުޅިގެން ބޭއްވި ހަރަކާތް ހުއްޓުވަން އުޅުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ ޝެއިހް އާދަމް ނިޝާންގެ ބަންދަށް ހައި ކޯޓުން ތާއީދުކޮށްފައިވާތީ އެ ނިންމުން އިސްތިއުނާފުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފިއެވެ.
ނިޝާން ބަންދުކޮށްފައި ވަނީ ރަނގަޅަށް ކަމަށް ހައިކޯޓުން ނިންމީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެކަމާ ގުޅިގެން މިހާރު އޭނަގެ ގާނޫނީ ޓީމުން ވަނީ ސުޕްރީމް ކޯޓްގައި މައްސަލަ އިސްތިއުނާފުކުރަން ނިންމައިފަ އެވެ.
ޖޫން މަހުގެ 21 ގައި މާލޭގައި ޔޯގާ ޑޭ ފާހަގަކުރަން ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސްއަޅައި، ހަމަނުޖެހުން ހިންގި ކަމަށް ތުހުމަތުކޮށް،  ޝެއިހު ނިޝާން ހައްޔަރުކުރީ ޖޫން މަހުގެ 22 ވަނަ ދުވަހުގެ ރޭގައެވެ.
ޔޯގާ ދުވަހުގެ ހަރަކާތް ހުއްޓުވަން އުޅުމުން ހައްޔަރުކުރި ޕީޕީއެމް-ޕީއެންސީގެ ކޯލިޝަން ހަރަކާތު ކޮމިޓީގައި އިސްކޮށް އުޅުއްވާ މުހައްމަދު އިސްމާއިލް މިއަދު ވަނީ  ބަންދުން ދޫކޮށްލައިފައެވެ.
މުހައްމަދު އިސްމާއިލްގެ ބަންދު އެންމެ ފަހުން އިތުރު ކޮށްފައިވަނީ ޖުލައި މަހުގެ ހަތް ވަނަ ދުވަހުއެވެ. އެ ދުވަހު އޭނާގެ ބަންދަށް 30 ދުވަސް ޖަހާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ