ދައުލަތުގެ މީޑިއާގައި ޕްރެޒެންޓަރެއްގެ ވަޒީފާ އަދާކުރަމުންދާ ސޮފާއަށް މަޖިލީހުން ރުހުން ދީފައި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ.
ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެމްބަރު ކަމަށް ސޮފާ ޝަފީގް މިއަދު އައްޔަން ކޮށްފި އެވެ.
ބްރޯޑްކޮމްގެ މެމްބަރުގެ މަގާމު ހުސްވީ އެ ކޮމިޝަންގެ ނައިބު ރައީސަކަށް ހުންނެވި އަހުމަދު ގައިސް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.ދައުލަތުގެ މީޑިއާގައި ޕްރެޒެންޓަރެއްގެ ވަޒީފާ އަދާ ކުރަމުންދާ ސޮފާއަށް މަޖިލީހުން ރުހުން ދީފައި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. އޭނާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ލިޔުން ހަވާލު ކުރައްވާފަ އެވެ.ސޮފާ ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ އިން މާސްޓާސް އޮފް އާޓްސް އިން ސޯޝަލް ޕޮލިސީ، އަދި މެލޭޝިޔާގެ ލިމްކޮކްވިންގް ޔުނިވާސިޓީ އޮފް ކްރިއޭޓިވް ޓެކްނޮލޮޖީ އިން މާސްޓާ އޮފް ކޮމިއުނިކޭޝަން ހާސިކޮށްފައި އެވެ.ސޮފާ އަކީ 2006 ވަނަ އަހަރުން ފެށިގެން ޓީވީއެމްގެ ޕްރޮގްރާމްތައް ހުށަހަޅަމުން ދިޔަ ބޭފުޅެކެވެ. ބްރޯޑްކޮމްގެ މެމްބަރުގެ މަގާމަށް އައްޔަން ކުރުމާ ހަމައަށް ހުރީ ޓީވީއެމްގެ ޕްރެޒެންޓަރެއްގެ ވަޒީފާގަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ބްރޯޑްކޮމްގެ މެމްބަރު ކަމަށް ސޮފާ އައްޔަނުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ