އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ބުނާ މުހައްމަދު އަމީންގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ހައި ކޯޓުން ނިންމި މައްސަލައިގެ އިސްތިއުނާފު މާދަމާ ސުޕްރީމް ކޯޓުގައި ފަށަން ތާވަލުކޮށްފި އެވެ.
ވީ ކިހިނެއް؟ - ޏ. ފުވައްމުލަކު މާދަޑު، ކަރިއްޔާވިލާ، އަމީންގެ މައްޗަށް ދައުވާކޮށްފައި ވަނީ މުއްދަތު ހަމަވި ފަހުން ކަމަށްވާތީ، އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ހައިކޯޓުން ވަނީ މިއަދު ބާތިލުކޮށްފަ އެވެ.
ތަފްސީލް - ނަމަވެސް އެ މައްސަލާގައި ދައުލަތުން އަމަލުކޮށްފައި ވާނީ ރަނގަޅަށް ކަމަށް ބުނެ ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
ހައިކޯޓުގެ ހުކުމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ، ހައިކޯޓުން އެ ނިންމުމަށް ވާސިލުވުމަށް، ސުޕްރީމް ކޯޓުގެ ހުކުމެއް މާނަކޮށްފައި ވަނީ ރަނގަޅަށް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
އެ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ފަށަން ތާވަލުކޮށްފައި ވަނީ މާދަމާ ހެނދުނު 9 ޖަހާއިރު އެވެ. މައްސަލައިގެ ބެންޗުގައި ތިއްބަވާނީ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު، އަދި ފަނޑިޔާރު ހުސްނުއް ސުއޫދެވެ.
ހައި ކޯޓުގެ ހުކުމަށް ފަހު އަމީން ދޫވުމުން، އޭނާ ރޭގަނޑު ބޭރަށް ނުކުތުން މަނާކޮށް، މޮނިކަން އަމުރެއް ވަނީ ނެރެފަ އެވެ.
އެނގުން މުހިންމު - އެމެރިކާއިން އެކުލަވާލި ޓެރަރިސްޓުގެ ލިސްޓުގައިވެސް ހިމެނޭ އަމީން ހައްޔަރުކުރީ މީގެ 2 އަހަރު ކުރިންނެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ:
ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާ
ދައުވާ އުފުލީ ކީއްވެ؟ - ދައުލަތުން ބުނާ ގޮތުން:
ރާއްޖޭގެ އައިއެސް ލީޑަރެއްގެ ގޮތުގައި ހަރަކާތްތެރިވެ ދީނީ ވަކި ވިސްނުންތައް ކުރިއެރުވުމަށް އޭނާ މަސައްކަތް ކުރި
ބޭރުގައި ހިނގާ ދާހިލީ ހަނގުރާމަތަކަށް ދިވެހިން ފޮނުވުމުގައި ވެސް އޭނާ ބައިވެރިވޭ
އިތުރަށް ކިޔާލަން -
މުއްދަތު ހަމަވި ފަހުން ދައުވާކުރުމުން އަމީން ސަލާމަތްވެއްޖެ
އަމީނަށް ދައުވާކުރީ ގާނޫނާ އެއްގޮތަށް، އިސްތިއުނާފުކުރާނަން: ޕީޖީ
ރޭގަނޑު ބޭރަށް ނުކުމެ އުޅެން އަމީނަށް މަނާކޮށްފި
އަމީން މިނިވަންކުރި މައްސަލައިގެ އިސްތިއުނާފު ސުޕްރީމް ކޯޓުގައި މާދަމާ ފަށަން ތާވަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ