ސެމްސަންގްގެ އަގުބޮޑުވަމުންދާ ފޯލްޑަބަލް ފޯނުތަކުގެ ސިލްސިލާއަށް އިތުރުވާނެ ޓްރައި-ފޯލްޑް ޑިވައިސްއާއި ބަޖެޓް ފޯން ގެލެކްސީ ޒެޑް ފްލިޕް އެފްއީ މިއަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ނެރޭނެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ. މިއީ ގިނަ ބަޔަކު އުންމީދުކުރި ދުވަހަށްވުރެ ފަހުގެ ތާރީޚެކެވެ.
ދަ ބެލް އިން މިހަފްތާގައި ހާމަކޮށްފައިވަނީ ސެމްސަންގް އިން މިއަހަރުގެ ޖުލައި ނުވަތަ އޯގަސްޓްގައި ނެރުމަށް ހަމަޖެހިފައިވާ ގެލެކްސީ ޒެޑް ފޯލްޑް 7 އަދި ފްލިޕް 7 އަށް ބޭނުންވާ ޑިސްޕްލޭތައް އުފެއްދުމުގެ މަރުހަލާއަށް ވަދެފައިވާ ކަމަށެވެ. ނަމަވެސް، ކުންފުނީގެ އަނެއް ދެ ފޯލްޑަބަލް ފޯނު ނެރުން ލަސްވާނެ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.
މި ރިޕޯޓުގައި ބުނެފައިވާ ގޮތުން ގެލެކްސީ ޒެޑް ފްލިޕް އެފްއީ އަދި ސެމްސަންގްގެ ޓްރައި-ފޯލްޑް ޑިވައިސް، އަދި މިއީ ގެލެކްސީ ޖީ ފޯލްޑް ގެ ނަމުގައި ނެރުމަށް ހަމަޖެހިފައިވާ ފޯނެއް ކަމަށް ބެލެވިފައިވަނީ، މިއަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ނެރޭނެ ކަމަށެވެ. މީގެ ކުރިން ހާމަކޮށްފައިވަނީ ފްލިޕް އެފްއީ ނެރޭނީ ފްލިޕް 7 ނެރުމަށްފަހު މަސްތަކެއް ފަހުން ކަމަށެވެ.
ނަމަވެސް މިއީ މިހާތަނަށް އިވިފައިވާ ނިސްބަތުން ސާފު ވަގުތު ހާމަކުރެވުނު ފުރަތަމަ ފަހަރެވެ. އެއާއެކު، ޓްރައި-ފޯލްޑް ނެރުމުގެ ވަގުތު އަބަދުވެސް ބަދަލުވަމުން އައިސްފައިވެ އެވެ. ޖަނަވަރީމަހު ރިޕޯޓެއްގައި ބުނެފައިވަނީ އެ ޑިވައިސް ނެރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ކަމަށެވެ. އެންޑްރޮއިޑް ޕޮލިސް އިން ފާހަގަކޮށްފައިވާ ގޮތުން މިއީ ސެމްސަންގްގެ ފަރާތުން ލަސްވުމެކެވެ. ނަމަވެސް، އޭގެ ފަހުން ހާމަކުރެވުނު ގޮތުގައި ސެމްސަންގް އިން ޑިވައިސް ދައްކާލާނީ ތިންވަނަ ކުއާޓަރުގައި ކަމަށާއި ފުރިހަމަ ގޮތުގައި ނެރޭނީ 2026ގެ ކުރީކޮޅު ކަމަށެވެ.
މިހާރު ކުރިމަތިވެފައިވާ ޓެރިފްގެ ހާލަތާއި އެޕަލްއިން ނެރުމަށް ތައްޔާރުވަމުން އަންނަ ފޯލްޑަބަލް އައިފޯން ނެރުމަށް ތައްޔާރުވަމުން އަންނަ ދަނޑިވަޅެއްގައިވެސް، ސެމްސަންގްއިން މި ދެ ފޯނު ނެރުމުގެ ތާވަލުގައި ހިމަނާފައިވާކަން ފާހަގަކުރެވެ އެވެ.
ސެމްސަންގްގެ ޓްރައި-ފޯލްޑް އަދި ބަޖެޓް ފްލިޕް ފޯނު ނެރުން މިއަހަރުގެ ފަހު ކުއާޓަރަށް ލަސްވެދާނެ ކަމަށް ރިޕޯޓެއް ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ