ޑޮލަރުގެ ޤަވާއިދަށް ރިސޯޓުތަކުން ތަބާވޭ: ރައީސް

ރިސޯޓުތަކަށް ލިބޭ އާމްދަނީން ވަކި އަދަދެއް ރާއްޖޭގެ ބޭންކުތަކަށް މާރުކުރުން ލާޒިމްވާ ޤަވާއިދަށް ރިސޯޓުތަކުން ތަބާވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ހއ. ހޯރަފުށީ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ހިންގާ ގިނަ ރިސޯޓުތަކުން އެ ގަވާއިދަށް ތަބާވެ ޑޮލަރު މާރުކުރާ ކަމަށެވެ. ރައީސް ވިދާޅުވީ އެމްއެމްއޭގެ ގަވަނަރު އެންމެ ފަހު ހިއްސާ ކުރެއްވި މައުލޫމާތުގައިވާގޮތުން 25 މިލިއަނަށް ވުރެ ގިނަ ޑޮލަރު ބޭންކްތަކަށް މާރުކޮށްފައިވާ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ ގަވާއިދު ރަނގަޅަށް ތަންފީޒުވުމުން އިގުތިޞާދަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
ރިސޯޓުތަކަށް ލިބޭ އާމްދަނީން ވަކި އަދަދެއް ރާއްޖޭގެ ބޭންކުތަކަށް މާރުކުރުން ލާޒިމްވާ ގަވާއިދުގެ ދަށުން ފުރަތަމަ މަހު ގާތްގަނޑަކަށް 40 މިލިއަން ޑޮލަރު މާރުވާނެ ކަމަށް ބެލެވެ ކަމަށް މަރުކަޒީ ބޭންކުން ވަނީ ލަފާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ