އިތުރު 10 ރަށެއްގައި ސިއްހީ ހިދުމަތް ދޭ އާ އިމާރާތްތައް އަޅަން، ޖުމްލަ 758 މިލިއަން ރުފިޔާއަށް ސަރުކާރު ހިއްސާވާ 3 ކުންފުންޏަކާ އެކު ރޭ ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - ހެލްތު މިނިސްޓްރީގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މަސައްކަތް ހަވާލުކުރި ސަރުކާރުގެ ކުންފުނިތަކަކީ:
އެމްޓީސީސީ
އާރުޑީސީ
ފެނަކަ
ތަފްސީލް - މީގެ ތެރެއިން އާރުޑީސީއާ ހަވާލުކޮށްފައިވަނީ:
ނ. ވެލިދޫ ހޮސްޕިޓަލްގެ އާ އިމާރާތުގެ މަސައްކަތް 108 މިލިއަން ރުފިޔާއަށް؛ 540 ދުވަހުން ނިންމުމަށް
އދ. ފެންފުށި ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް 26 މިލިއަން ރުފިޔާއަށް؛ 540 ދުވަހުން ނިންމުމަށް
މި އެއްބަސްވުންތަކުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓު މިނިސްޓަރު އިސްމާއިލް އަބްދުﷲ އެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އެވެ.
ރޭގެ ރަސްމިއްޔާތުގައި 3 ރަށެއްގެ ސިއްހީ ހިދުމަތް ދޭ މަރުކަޒުތައް އަޅަން ފެނަކައާ ވަނީ ހަވާލުކޮށްފަ އެވެ. އެއީ:
ބ. ކުޑަރިކިލު ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް 7.6 މިލިއަން ރުފިޔާއަށް؛ 1 އަހަރުން ނިންމުމަށް
ގއ. ކޮނޑޭ ސިއްހީމަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް 6.7 މިލިއަން ރުފިޔާއަށް؛ 300 ދުވަހުން ނިންމުމަށް
ގދ. ނަޑެއްލާ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް 6.7 މިލިއަން ރުފިޔާއަށް؛ 300 ދުވަހުން ނިންމުމަށް
މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓްރީގެ ފަރާތުން ސްޓޭޓު މިނިސްޓަރު އިސްމާއިލް އަބްދުﷲ އެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އެވެ.
މީގެ އިތުރުން، ފަސް ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ އާ އިމާރާތް އެޅުމަށް އެމްޓީސީސީއާ އެކު ރޭ ވަނީ ސޮއިކޮށްފަ އެވެ. އެ ރަށްތަކަކީ:
ހދ. ނެއްލައިދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް 11 މިލިއަން ރުފިޔާއަށް؛ 450 ދުވަހުން ނިންމުމަށް
ށ. މިލަންދޫ ހޮސްޕިޓަލްގެ އާ އިމާރާތުގެ މަސައްކަތް 110.8 މިލިއަން ރުފިޔާއަށް؛ 600 ދުވަހުން ނިންމުމަށް
ކ. ތުލުސްދޫ ހޮސްޕިޓަލުގެ އާ އިމާރާތުގެ މަސައްކަތް 110.7 މިލިއަން ރުފިޔާއަށް؛ 600 ދުވަހުން ނިންމުމަށް
އއ. ރަސްދޫ ހޮސްޕިޓަލުގެ އާ އިމާރާތުގެ މަސައްކަތް 185.5 މިލިއަން ރުފިޔާއަށް؛ 780 ދުވަހުން ނިންމުމަށް
ގއ. ވިލިނގިލި ހޮސްޕިޓަލުގެ އާ އިމާރާތުގެ މަސައްކަތް 185.5 މިލިއަން ރުފިޔާއަށް؛ 780 ދުވަހުން ނިންމުމަށް
މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓްރީގެ ފަރާތުން ސްޓޭޓު މިނިސްޓަރު އިސްމާއިލް އަބްދުﷲ އެވެ. އެމްޓީސީސީފެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.
ފާހަގަ ކުރެވޭ - މީގެ ކުރިން 9 ރަށެއްގެ ސިއްހީ ހިދުމަތް ދޭ އާ އިމާރާތްތައް އެޅުމަށް ވެސް މި ތިން ކުންފުންޏާ އެކު ވަނީ ސޮއިކޮށްފަ އެވެ.
އިތުުރު 10 ރަށެއްގައި ސިއްހީ ހިދުމަތް ދޭ އިމާރާތްތައް އަޅަން 758 މިލިއަނަށް ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ