ހުލާސާކޮށް އިއްޔެ: ތަހުގީގުގެ މައުލޫމާތު ދޭން ދެކޮޅު ހެދުން ހުލާސާކޮށް އިއްޔެ: ތަހުގީގުގެ މައުލޫމާތު ދޭން ދެކޮޅު ހެދުން

މިދިޔަ އަހަރުގެ ޑިސެމްބަރު، 12 ގައި ހައުސިން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ އަދި އެންވަރަމެންޓް މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތްތަކުގައި އަލިފާން ރޯވެ އަނދައި ހުލުވި ހާދިސާއާ ގުޅިގެން ފުލުހުން ކުރަން ފެށި ތަހުގީގުގެ އަދާހަމަ ހޯދުމަށް ތަކުރާރުކޮށް ފުލުހުންނާ ސުވާލު ކުރުމުން ވެސް ޖަވާބު ދޭން ދެކޮޅު ހަދައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
އެ ހާދިސާއާ ގުޅިގެން ފުލުހުން ކުރާ ތަހުގީގާއި އެ ތަހުގީގަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އައި އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމުން ހޯދި ހޯދުންތަކާ ގުޅޭގޮތުން ފާއިތުވި މަސްދުވަސް ތެރޭގައި އަދަދު ގެ އެކި ނޫސްވެރިން ފުލުހުންނާ ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ޖަވާބު ދީފައެއް ނުވެ އެވެ. ކޮންމެފަހަރަކު ވެސް ފުލުހުންގެ މީޑިއާ ޓީމުން ދޭ ޖަވާބަކީ "އެކަމުގެ އަޕްޑޭޓެއް ބަލާލާނަން،" ކަމަށެވެ. އެއަށްފަހު އިތުރު ޖަވާބެއް ފުލުހުން ނުދެ އެވެ.
ތިން މިނިސްޓްރީ އަނދައި އަޅިއަށްވި ހާދިސާ ހިނގި ގޮތް ދެނެގަތުމަށް ފުލުހުން ތަހުގީގެއް ފެށީ އަލިފާން ރޯވި ދުވަހު އެވެ. އެ ތަހުގީގާ ގުޅިގެން ޑިސެމްބަރު 14، ގައި އޭރުގެ ޕޮލިސް ކޮމިޝަނަރު "އަދަދު" އަށް ވިދާޅުވެފައި ވަނީ އަލިފާން ރޯވާން މެދުވެރިވި ސަބަބު އެހައިތަނަށް ދެނެގަނެވިފައި ނުވާ ކަމަށެވެ.
"މައްސަލަ ތަހުގީގު ކުރަމުންދަނީ. އެތަނުގައި ފޮރެންސިކުން ވެސް ތަހުލީލުތައް އެބަ ކުރޭ. މިހާތަނަށް ރޯވާން މެދުވެރިވި ސަބަބު ދެނެގަނެވިފައެއް ނުވޭ،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
- ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވޭރޭވެހުން އެކަށީގެންވޭ
- ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލަށް. ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން 10 މޭލާއި 20 މޭލަށް. ވިލާގަނޑުގައި 40 މޭލަށް.
- އުތުރާއި މެދުރާއްޖެތެރެއަށް ކަނޑުތައް ގަދަވާނެ. ދެކުނުގެ އަތޮޅުތަކަށް ކަނޑުތައް އާދައިގެން ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ.
- ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާ ދެމެދު
މުހިއްމު ބައެއް ހަބަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ