މެޑްރިޑް (ޖޫން 12) - ރެއާލް މެޑްރިޑާއި ލިވަޕޫލާ ދެމެދު އޮތީ ވަރަށް ގާތްގުޅުމެއް ކަމަށް ރެއާލް މެޑްރިޑްގެ ރައީސް، ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވެއްޖެ އެވެ.
ޕެރޭޒް، މި ގޮތަށް ވިދާޅުވީ، ލިވަޕޫލްގެ ކަނާތު ބެކް، ޓްރެންޓް އަލެކްސަންޑަ އާނޯލްޑް، ރެއާލަށް ސޮއިކުރުމަށް ފަހު، އެ ކްލަބްގެ ކުޅުންތެރިއެއްގެ ގޮތުގައި ތައާރަފް ކުރުމަށް ބޭއްވި އިވެންޓްގެ ތެރެއިންނެވެ.
މި މަހުގެ ނިޔަލަށް، އާނޯލްޑްގެ ކޮންޓްރެކްޓް ލިވަޕޫލާ އެކު އޮތް ނަމަވެސް، ފީފާ ކްލަބް ވޯލްޑް ކަޕްގައި އޭނާ ލައްވައި ކުޅުވުމަށް ރެއާލުން ވަނީ، ލިވަޕޫލަށް 13 މިލިއަން ޑޮލަރު ދީފައި، އާނޯލްޑް ކުރިން ގެނެސްފަ އެވެ. މި މަސް ނިންމާފައި، ހިލޭ އެއްވެސް ފީއެއް ނުދައްކައި، އާނޯލްޑް ގެނެވެން އޮތް ނަމަވެސް، ރެއާލުން ކުރިން އެ ޑީލް ނިންމީ، އެ ޓީމުގެ އާ ކޯޗު، ލިވަޕޫލްގެ ކުރީގެ މިޑްފީލްޑަރު، ޒަބީ އަލޮންސޯގެ ވެސް އެދުމުގެ މަތިންނެވެ.
ޖެނުއަރީ މަހު ވެސް ރެއާލުން ވަނީ އާނޯލްޑް ހޯދަން މަސައްކަތް ކޮށްފަ އެވެ. އެކަމަކު، އޭރު އެ ޓްރާންސްފާގެ އެއްވެސް މަޝްވަރާ އަކަށް ތައްޔާރެއް ނޫން ކަމަށް ލިވަޕޫލުން ރެއާލަށް އެންގި އެވެ. ޕެރޭޒް ވިދާޅުވީ، ލިވަޕޫލާއި ރެއާލާ ދެމެދު އޮތީ ބަދަހި ގުޅުމެއް ކަމަށެވެ.
"އަހަރެމެން މި ސޮއިކުރީ ލެޖެންޑެއް، ދުނިޔޭގެ ފެންވަރަށް ބެލިޔަސް މޮޅު ކުޅުންތެރިއެއް، ޓްރެންޓް (އާނޯލްޑް)ގެ ހުވަފެނެއް ހަގީގަތަކަށް މި ވީ. ތި ނިންމީ ދުނިޔޭގެ އެންމެ ބޮޑު ކްލަބް، ރެއާލް މެޑްރިޑަށް ކުޅެން،" ޕެރޭޒް ވިދާޅުވި އެވެ.
"އަަހަރެމެންނާ ލިވަޕޫލާ ދެމެދު އޮންނަނީ ވަރަށް ގާތް، ބަދަހި ގުޅުމެއް،"
މިދިިޔަ 11 އަހަރު ތެރޭ ރެއާލުން ވަނީ ހަތް ފަހަރު ލިވަޕޫލް ބަލިކޮށްފަ އެވެ. އޭގެ ތެރޭގައި، ޗެމްޕިއަންސް ލީގުގެ ދެ ފައިނަލް މެޗު ވެސް ހިމެނެ އެވެ.
ލިވަޕޫލާއި ރެއާލާ ދެމެދު އޮތީ ގާތް ގުޅުމެއް: ޕެރޭޒް ލިވަޕޫލާއި ރެއާލާ ދެމެދު އޮތީ ގާތް ގުޅުމެއް: ޕެރޭޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ