ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރުދައްކައި އެ ކޯޓުގައި އޮތް ގާނޫނުއަސާސީއާ ގުޅޭ ދުސްތޫރީ މައްސަލައަށް ނުފޫޒު ފޯރުވާ މައްސަލަ ތަހުގީގުކޮށް، ފަނޑިޔާރުގެ މިނިވަންކުރަން ކުރަންޖެހޭ ކަންކަން ކުރުމަށް އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.
ވީ ކިހިނެއް؟ - ޕާޓީ ބަދަލުކުރުމުން މަޖިލީހުގެ މެމްބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ސަރުކާރުން ގެނެސްފައިވާ އިސްލާހު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ފަނޑިޔާރުންގެ ބަންޗަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކުރައްވައި އެ ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
ތަފްސީލް - އެ މައްސަލައަށް ނުފޫޒު ފޯރުވުން ކުށްވެރިކޮށް އެމްޑީޕީން ނެރުނު ބަޔާނުގައި ވަނީ، ދުސްތޫރީ މައްސަލަ ވަކި ގޮތަކަށް ނިންމަން ރައީސް މުހައްމަދު މުއިއްޒު ނުފޫޒު ފޯރުވާ ކަމަށް ސުއޫދު ވިދާޅުވެފައިވާތީ އެކަމާ ގުޅޭ ތަހުގީގެއް ހިންގުމަށް ކަމާ ގުޅޭ ދައުލަތުގެ ހުރިހާ އިދާރާތަކަށް ގޮވާލާފަ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ:
ސުޕްރީމް ކޯޓުގައި އޮތް ދުސްތޫރީ މައްސަަލައިގެ ބެންޗުގެ ފަނޑިޔާރުންގެ މައްސަލަ ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮތް ޖޭއެސްސީ އަދި އޭސީސީން ބަލަމުންދަނީ އެއްވެސް އަސާސެއް ނެތި
އެ މައްސަލަ ސަރުކާރުން ބޭނުންވާ ގޮތަކަށް ނިންމުމަށް ނުފޫޒު ފޯރުވަމުންދިއުމަކީ ކަންބޮޑުވާ ކަމެއް
ރާއްޖޭގެ ދުސްތޫރީ ނިޒާމު ފުނޑާލަން ރައީސް މުއިއްޒު ދެމުންގެންދަވާ ހަމަލާތައް ތަހުގީގުކޮށް، ހަރުކަށި އަދަބު ދިވެހި ރައްޔިތުން ދޭނެކަން ހަނދުމަކޮށްދެން
މީގެ އިިތުރުން، ދައުލަތުގެ ތިން ބާރު ރައީސް މުއިއްޒުގެ އަތްޕުޅަށް މަހާލުމަށް ވެރިކަންކުރާ ޕާޓީ، ޕީއެންސީން ކުރާ ކަންކަމާ ދެކޮޅަށް މެދުކެނޑުމެއް ނެތި އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ގޮވާލާފަ އެވެ.
ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން ރައީސް ކުރައްވާ ކަމަށް ބުނާ ކަންކަން ބަލަން އެމްޑީޕީން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ