ގޮނޑި ގެއްލޭ އިސްލާހުގެ މައްސަލަ: ދައުލަތުން ކޯޓަށް ނުފޫޒު ނުފޯރުވަން އަމުރުކޮށްދޭން އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ވެސް މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާ މައްސަލައިގައި، ދައުލަތުން ސުޕްރީމް ކޯޓަށް ނުފޫޒު ނުފޫރުވަން އަންގައި އަމުރެެއް ނެރެދިނުމަށް އެ ކޯޓުގައި އެދިއްޖެއެވެ. އެ މައްސަލަ ހުށަހެޅުއްވީ، އިސްލާހު ބާތިލުކުރަން ވެސް ހުށަހެޅުއްވި ކެންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަދި ތަޖުރިބާކާރު ގާނޫނީ ވަކީލު އަލީ ހުސައިނެވެ. އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނަށް އަލީ ހުސައިން ލިޔުއްވި ސިޓީގައިވަނީ، އިސްލާހުގެ މައްސަލައިގެ އަޑުއެހުމެއް އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފައި ވަނިކޮށް، ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަމުންދާ ކަމާއި ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމާއި ފަނޑިޔާރުން މަގާމުން ދުރުކުރުމުގެ މައްސަލަތަކެއް މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމުގެ މައުލޫމާތު އާންމުވެފައިވާ ކަމަށެވެ. ރާއްޖޭގެ ފަނޑިޔާރުންނަކީ މުސްތަގިއްލުކަމާއެކު ވަކި ފަރާތަކަށް ބުރަނުވެ، ވަކި ފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުންވުމެއް ނެތި، އެންމެހައި ތައައްސުބުން އެއްކިބާވެ ތިބެ، ގާނޫނުއަސާސީއާއި ގާނޫނުގައިވާ ގޮތުގެ މަތީން އަމަލުކުރަން ތިބި ފަރާތްތަކެއް ކަމަށް ގާނޫނުއަސާސިގައި ބަޔާންކޮށްފައިވާކަން އަލީ ފާހަގަކުރެއްވިއެވެ. އެހެންވެ، ފަނޑިޔާރުންނަށް މުސްތަގިއްލު ކަމާއެކު މަސައްކަތް ކުރުމަށް ހުރަސްއެޅޭ ގޮތަށް އެއްވެސް ފަރާތަކުން އަމަލުކުރާނަމަ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅިގެން ދިޔުމުގެ އިހުތިމާލު އޮންނާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވިއެވެ. ސުޕްރީމް ކޯޓް: ދައުލަތުން ކޯޓަށް ނުފޫޒު ނުފޯރުވަން އަމުރުކޮށްދިނުމަށް އެދި އޭނާ ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ އެފަދަ ހާލަތްތަކުގައި، އަދުލު އިންސާފު ގާއިމުކޮށް، ނިޒާމުގެ ނަހަމަ ބޭނުން ހިފިޔަނުދިނުމަށް ކުރަން ޖެހޭ އަމުރުތައް ކުރުމަކީ ރާއްޖޭގެ ކޯޓުތަކުގެ ގާނޫނުން ކޯޓަށް ލިބިދީފައި އޮތް ބާރެއް ކަމަށް އަލީގެ ސިޓީގައިވެއެވެ. އޭނާ އެދިވަޑައިގަތީ، އޭނާ ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން އެއްވެސް އަމަލެއް ނުކުރުމަށް ދައުލަތުގެ އެންމެހައި އިދާރާތަކުގެ މައްޗަށް އަމުރުކޮށްދިނުމަށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތަކެއް ފުލުހުން ބަލަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތަކެއް ފެތުރިފައިވީ ނަމަވެސް ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ޝިފާން ވަނީ އެ ފަދަ މައްސަލައެއް ނުބަލާ މިދިޔަ ހޯމަ ދުވަހު ވިދާޅުވެފައެވެ. https://www.sun.mv/202413 ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ހުށަހެޅި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހެވެ. އެގޮތުން ގެނައި މައިގަނޑު އިސްލާހުތަކަކީ: މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ނުވަތަ އެހެން ޕާޓީއަކަށް ގުޅުމުން ވަގުތުން ގޮނޑި ގެއްލޭ ގޮތް ހެދުން ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ކަމަށް ހެދުން ރާއްޖޭގައި ބޭރު ގައުމެއްގެ އެއްވެސް އަސްކަރީ ބަޔަކަށް ތިބެވޭނީ މަޖިލީހުން ފާސްކޮށްގެން ކަމަށް ހެދުން އެ ބިލު ހުށަހެޅި ދުވަހު ބިލަށް ބަހުސްކޮށް, އެ ދުވަހު ކޮމިޓީން ނިންމައި، ހަމަ އެ ދުވަހު ތަޅުމުން ފާސްކުރިއެވެ. އަދި އެރޭ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އެ އިސްލާހުތައް ތަސްދީގުކުރައްވައިފައެވެ. އެ އިސްލާހު ބާތިލުކުރުމަށް އެދި ހުށަހަޅުއްވާފައިވާ އަލީ މީގެ ކުރިން "ސަން"އަށް ވިދާޅުވެފައިވަނީ، މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގެނައި ބަދަލަކީ މިހާރު ތިއްބެވި މަޖިލީހުގެ މެންބަރުންގެ މައްޗަށް ތަންފީޒުކުރެވޭނެ އިސްލާހެއް ނޫން ކަމަށެވެ. އެގޮތުން ރާއްޖޭގެ ވެރިކަން ކުރާ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށް ދިވެހި ރައްޔިތުންގެ ވޯޓުން ނިންމާފައިވާއިރު މިފަދަ އިސްލާހެއް ގެނައުމުގެ ކުރިން އެ ކަމަށް ވިސްނަން ޖެހޭ ކަމަށް އަލީ ވިދާޅުވިއެވެ. އެއީ، ރިޔާސީ ނިޒާމުތަކަށް ވެރިކަން ކުރާ ގައުމުތަކުގައި އެންޓި ޑިފެކްޝަން ގާނޫނުތައް ނުހުންނާތީ ކަމަށް އޭނާ ވިދާޅުވިއެވެ. https://sun.mv/199612 މީގެ އިތުރުން އެ މެންބަރަކު ނިސްބަތްވާ ޕާޓީން ނުވަތަ އޭރަކު އޮންނަ ސަރުކާރަކުން ވައުދާ ޚިލާފަށް ކަންކަން ކުރާނަމަ ޕާޓީ ބަދަލު ކުރުމުގެ ހައްގު މެންބަރުންނަށް އޮންނަން ޖެހޭނެ ކަމަށާއި މެންބަރުން ގަބޫލުކުރާ އުސޫލާ ޚިލާފަށް ކަންކަން ކުރާއިރު އެ ކަމަށް ރުހިގެން ޕާޓީގައި ހުންނަން ނުޖެހޭ ކަމަށް އަލީ ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ