ރާއްޖެއާ ސައުދީއާ ދެމެދު ވިޔާފާރީގެ ގުޅުން އިތުރުކުރަން އެމްއޯޔޫއެއް ފާސްކޮށްފި
ދިވެހިރާއްޖެއާ ސައުދީ އަރަބިއްޔާއާ ދެމެދު ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރު ކުރުމުގެ އެމްއޯޔޫއެއް ފާސްކޮށްފިއެވެ. މި ކަމާ ގުޅިގެން އިކޮނަމިކް މިނިސްޓްރީން މިއަދުކުރި ޓްވީޓެއްގައިވަނީ އެ މިނިސްޓްރީއާއި ސައުދީގެ ދަ ޖެނެރަލް އޮތޯރިޓީ ފޯ ފޮރިން ޓްރޭޑާ ދެމެދު ހެދުނު އެމްއޯޔޫ، ސައުދީގެ ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައިވާ ކަމަށެވެ. އެ ޓްވީޓުގައިވަނީ މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ސައުދީ އަރަބިއްޔާގެ ވަލީއަހުދު، މުހައްމަދު ބިން ސަލްމާންގެ ލަނޑުދަނޑިތަކަށް އެހީތެރިވެދޭ ކަމެއް ކަމަށެވެ. މި ކަމުގެ މަގުސަދަކީ ދެ ގައުމަށް ވެސް ފައިދާވާ ގޮތަށް ވިޔަފާރީގެ އެއްބާރުލުން އިތުރުކުރުން ކަމަށް ބުނެފައިވެއެވެ. https://x.com/MoEDmv/status/1889975511688102312 ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެ ޤައުމުގެ ދެމެދު ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ރާއްޖޭގައި ސަޢޫދީ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ކުރެވިދާނޭ ކަންކަމާ ގުޅޭގޮތުން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލާއި، ސައުދީގެ މިނިސްޓާ އޮފް ކޮމާސް ޑރ. މާޖިދު ބިން ޢަބްދުﷲ އަލް ޤަސާބީއާއެކު ވެސް މީގެ ކުރިން މަޝްވަރާ ކުރައްވާފައިވެއެވެ. މި މަޝްވަރާ ކުރެވުނީ މިނިސްޓަރު ޚަލީލް ސައުދީއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ