ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބު ރައީސް، އިބްރާހިމް ރަޝީދު މަގާމުން ވަކި ކުރުމުގެ މަސައްކަތް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.
އިބްރާހިމް ރަޝީދު ވަކިކުރުމުގެ މަސައްކަތް ފެށުމުގެ މަޝްވަރާތައް ކޮމިޓީން ކުރިއަށް ގެންދިޔައީ މައިކު އޮފްކޮށްގެންނެވެ. މައިކު ކަނޑާލައިގެން ކުރިއަށްގެންދިއުމުން އެ މަސައްކަތް ފަށަން ނިންމި ސީދާ ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.
މި ބައްދަލުވުމުގައި، ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން އެއް މެންބަރަކު ފިޔަވައި އެހެން ހުރިހާ މެންބަރުން ވަނީ އިބްރާހީމް ރަޝީދު ވަކި ކުރުމުގެ މައްސަލަ މަޖިލިސް ތަޅުމަށް ހުށަހެޅުމަށް ވޯޓު ދެއްވާފައެވެ.
އޭނާއަށް ކުރާ ތުހުމަތުގެ ތެރޭގައި ރެކްރޫމަންޓުގައި ހުރި ބައެއް މައްސަލަތަކާ ގުޅިގެން ސީއެސްސީގެ ބައެއް މުވައްޒަފުންގެ ޝަކުވާ އާއި އިދިކޮޅު އެމްޑީޕީގެ ބޮޑުންނާއި މެންބަރުންނާ މާ ގާތްގުޅުމެއް ބޭނުން ކުރުން ހިމެނޭ ކަމަށް ސިޓީގައި ބުނެފައިވާ ކަމަށް މެންބަރު ވިދާޅުވި އެވެ.
މަޖިލީހުގެ ގަވާއިދު ބަޔާންކުރާގޮތުގައި މިނިވަން މުއައްސަސާއެއްގެ މެންބަރަކު ވަކިކުރުމާމެދު ގޮތެއް ނިންމޭނީ ކޮމިޓީން އެ މަސައްކަތް ފެށިކަމަށް ފާސްކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވުމުންނެވެ. އަދި ރިޔާސަތުން އެ މަސައްކަތް ތަޅުމުގައި އިޢުލަންކޮށް އެ މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާނެއެވެ.
ސިވިލް ސާރވިސް ކޮމިޝަނުގެ މެންބަރިކަމަށް އިބްރާހީމް ރަޝީދު އައްޔަންކުރައްވަފައިވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ގައުމީ ސަލާމަތާއި ގުޅުންހުރި ހާއްސަ އޮޕަރޭޝަނެއްގައި 3 މީހަކު ހައްޔަރުކޮށްފި އަޒްމިރަލްދާ މާދަމާ ޖޭއެސްސީއަށް ހާޒިރުވާން އަންގައިފި ފޯމު ހުށަހަޅާފައިވާ އެންމެނަށް މި ދައުރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރުސަތު ލިބޭނެ މެމްބަރު ސިނާންގެ ގޮނޑީގެ މައްސަލަ ސުޕ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ