ހެލްތު މިނިސްޓްރީން ރޭ ބޭއްވި ރަސްމިއްޔާތުގައި ހަވާލުކޮށްފައި ވަނީ ކުޅުދުއްފުށި ސިޓީގައި ދަމަނަވެށި އިމާރާތް ކުރުމަށާއި ހަތަރު ރަށެއްހައި ހޮސްޕިޓަލް އަދި ހަތަރު ރަށެއްގައި ސިއްހީ މަރުކަޒު ގާއިމް ކުރުމަށެވެ.
ރާއްޖޭގެ ނުވަ ރަށެއްގައި ސިއްހީ ހިދުމަތްދޭ އިމާރާތްތައް އެޅުމަށް ކުންފުނިތަކާ ހަވާލުކޮށްފި އެވެ.
ހެލްތު މިނިސްޓްރީން ރޭ ބޭއްވި ރަސްމިއްޔާތުގައި ހަވާލުކޮށްފައި ވަނީ ކުޅުދުއްފުށި ސިޓީގައި ދަމަނަވެށި އިމާރާތް ކުރުމަށާއި ހަތަރު ރަށެއްހައި ހޮސްޕިޓަލް އަދި ހަތަރު ރަށެއްގައި ސިއްހީ މަރުކަޒު ގާއިމް ކުރުމަށެވެ. މި މަޝްރޫއުތައް ހަވާލުކޮށްފައި ވަނީ ސަރުކާރުގެ ހިއްސާ އޮންނަ ތިން ކުންފުނި ކަމަށްވާ ފެނަކަ، އެމްޓީސީސީ އަދި އާރްޑީސީއާ އެވެ.ހޮސްޕިޓަލް އަޅަން ހަވާލުކުރި ރަށްތަކަކީ؛
ސިއްހީ މަރުކަޒު އަޅަން ހަވާލުކުރި ރަށްތަކަކީ؛
ކުޅުދުއްފުށި ސިޓީގައި ދަމަނަވެށި އިމާރާތް ކުރަން ހަވާލުކޮށްފައި ވަނީ އާރްޑީސީއާއެވެ. އެ މަޝްރޫއުގެ އަގަކީ 23 މިލިއަން ރުފިޔާ އެވެ.އާރްޑީސީއާ ހަވާލުކުރި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ޝަރީފެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑީރެކްޓަރު ބްރިގޭޑިއާ ޖެނަރަލް ރިޓަޔާޑް އަލީ ޒުހެއިރުއެވެ. އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއުތަކުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ. ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަބްދުﷲ އެވެ.އަދި ފެނަކައާ ހަވާލުކުރި މަޝްރޫއުގެ އެއްބަސްވުމުގައި އެކުންފުނީގެ ފަރާތުން މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ސޮއިކުރެއްވިއިރު، ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
9 ރަށެއްގައި ސިއްހީ ހިދުމަތްދޭ ތަންތަން އެޅުމަށް ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ