'އަބަދަށް'ގެ ފުރަތަމަ ތިން ޝޯ ވެސް ހައުސްފުލް
މި އަހަރު އޮލިމްޕަހުގައި އެންމެ ފުރަތަމަ އަޅުވަން ހަމަޖެހިފައިވާ ފިލްމު ކަމަށްވާ "އަބަދަށް"ގެ ފުރަތަމަ ތިން ޝޯގެ ހައުސްފުލް ވެއްޖެއެވެ. މި އަހަރު އެންމެ ފުރަތަމަ އަޅުވަން ހަމަޖެހިފައިވާ މި ފިލްމުގެ ޓިކެޓުތައް ދޫކުރަން ފަށާފައިވަނި ފުރަތަމަ ތިން ޝޯއަށް އެކަންޏެވެ. މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް މި ޝޯތަކަށް ބުކްކުރުމުގެ ފުރުސަތު އޮތީ ހުޅުވައިލާފައެވެ. ފިލްމުގެ ޕްރޮޑަކްޝަނުން ހާމަކޮށްފައިވާ ގޮތުގައި ޝޯގެ ފުރަތަމަ ތިން ޝޯ ވަނީ މިހާރު އެއްކޮށް ވިކި ހައުސްފުލްވެފައެވެ. މި މަހުގެ 28ގައި ދައްކަން ފެށުމަށް ހަމަޖެހިފައިވާ ފިލްމާ ގުޅޭގޮތުން ޕްރޮޑަކްޝަނުން އަންނަނީ ތަފާތު އާ މައުލޫމާތު އާންމު ކުރަމުންނެވެ. އެގޮތުން، ދާދިފަހުން ރިލީޒްކޮށްފައިވާ ޓްރެއިލަރުން ފިލްމުގެ ތީމަށް ކޮންމެ ވެސް ވަރަކަށް އަލިއަޅުވާލާފައިވެއެވެ. ޓްރެއިލަރުގެ ތީމުން ކިޔައިދޭ ގޮތުގައި ތަފާތު އެކި ކަހަލަ ގޯސް އިހުސާސްތައް ކުރެވޭ ނަމަ އޭގެ ނޭދެވޭ އަސަރުތައް ކުރާނެވެ. ނަފުސާނީ ބަލިމަޑުކަމެއްގެ ޝިކާރައަކަށް ވެފައިވާ މީހެއް އެ ބައްޔާއެކު އުޅޭ އިރު އަމިއްލަ ނަފުސާ ދައްކާ ވާހަކަތައް ވެސް ޓްރެއިލަރުން ދައްކައިދީފައިވެއެވެ. އަލަށް ނެރޭ މި ފިލްމުގެ ކާސްޓުންގެ ގޮތުގައި ހިމެނެނީ ޔޫސުފް ޝަފީއު (ޔޫއްޕެ)އާއި އިސްމާއީ ރަޝީދު (ކޮޕީ އިއްސެ)އާއި ވާޝިޔާ މުހައްމަދުގެ އިތުރުން ޝާރިފް އަހުމަދު އަދި ސޫޒަން އިބްރާހީމްފުޅެވެ. ނޫރު އެން މޫވީސްގެ ދަށުން ގެނެސްދިނުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ކާސްޓަކީ މީގެ ކުރީން ވެސް މޫމިނާ އެކު މަސައްކަތް ކޮށްފައިވާ ކާސްޓެކެވެ. "ލޫދިފާ" އާއި "ގޮށްރާޅު" އަދި "ނިވައިރޯޅި" ފަދަ ފިލްމުތައް ގެނެސްދީފައިވާ މޫމިންގެ އާ ފިލްމުން ވެސް މިފަދަ ތީމުތަކެއް ފެންނަނެ ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ