އޭޝިއާ-ޕެސިފިކް ސަރަހައްދުގެ ފުރަތަމަ ޖިއޯތާމަލް އެއްބަސްވުމުގައި ތައިވާނާއެކު ގޫގުލް އިން ސޮއިކޮށްފިއެވެ.
ގޫގުލްގެ ބަޔާނެއްގައި ބުނެފައިވާ ގޮތުން، މި މަޝްރޫއުގެ ފުރަތަމަ މަރުހަލާގައި 10 މެގަވޮޓްގެ ކަރަންޓު ގްރިޑަށް އިތުރުކުރެވި، ޓައިވާނުގެ ޖިއޯތާމަލް މާކެޓް ކުރިއެރުވުމަށް މަގުފަހިވެގެންދާނެ އެވެ.
ޕެސިފިކް ރިންގް އޮފް ފަޔާ ސަރަހައްދުގައި ހިމެނޭ ޓައިވާން ފަދަ ގައުމުތަކަށް، ބިމުގެ އަޑިން ލިބޭ ހޫނުކަން ބޭނުންކޮށްގެން ސާފު ހަކަތަ އުފެއްދުމުގެ ފުރުސަތު އޮތުމުން، ޖިއޯތާމަލް ހަކަތައަކީ "24 ގަޑިއިރު" ކަރަންޓު ފޯރުކޮށްދެވިދާނެ ވަސީލަތެއް ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
"ޓައިވާނުގައި ގިނަ ޖިއޯތާމަލް ވަސީލަތްތައް ހުރުމުން، އިޔާދަކުރަނިވި ހަކަތައިގެ އެހެން ވަސީލަތްތައް ކަމުގައިވާ އިރުގެ އަލިން އަދި ވައިން އުފައްދާ ހަކަތައާއެކު، އިތުބާރުހުރި އަދި ދެމެހެއްޓެނިވި ބޭސްލޯޑް ޕަވާ ފޯރުކޮށްދެވިދާނެ" ކަމަށް ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.
މީގެ އިތުރުން، އެ ސަރަޙައްދުގައި ޖިއޯތާމަލް ހަކަތަ ތަރައްގީކުރުމަށްޓަކައި އޮސްޓްރޭލިއާއާއެކު އައު ދިރާސާތަކެއް ކުރުމަށް ރާވާފައިވާ ކަމަށްވެސް ގޫގުލްއިން ހާމަކޮށްފައިވެއެވެ.
ކުރިން 2019 ވަނަ އަހަރު، ގޫގުލްއިން ޓައިވާނުގެ ފުރަތަމަ ކޯޕަރޭޓް ޕަވަލާ ޕާޗޭސް އެގްރީމެންޓްގައި ސޮއިކޮށްފައިވަނީ އިރުގެ އަލިން ހަކަތަ އުފެއްދުމަށެވެ.
މި އެއްބަސްވުމަކީ ގޫގުލްއިން އޭޝިއާ-ޕެސިފިކް ސަރަޙައްދުގައި ޖިއޯތާމަލް ހަކަތައަށް އަހައްމިއްޔަތުކަން ދޭކަން ދައްކުވައިދޭ މުހިންމު ފިޔަވަޅެކެވެ. އަދި މިއީ ސަރަޙައްދުގައި އިޔާދަކުރަނިވި ހަކަތައިގެ ބޭނުންކުރުން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ފާހަގަކުރެވެއެވެ.
ޖިއޯތާމަލް ހަކަތައަކީ ބިމުގެ އަޑިން ލިބޭ ހޫނުކަން ބޭނުންކޮށްގެން އުފައްދާ އިޔާދަކުރަނިވި ހަކަތައިގެ ބާވަތެކެވެ. މި ހަކަތައިގެ މައިގަނޑު ސިފައަކީ 24 ގަޑިއިރު މެދުނުކެނޑި ކަރަންޓު އުފެއްދޭ ކަމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ކުޑަވުމެވެ.
ޓައިވާނަކީ ޕެސިފިކް ރިންގް އޮފް ފަޔާ ސަރަޙައްދުގައި ހިމެނޭ ގައުމަކަށްވުމުން، އެ ޤައުމުގައި ޖިއޯތާމަލް ހަކަތަ އުފެއްދުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ނަމަވެސް މިހާތަނަށް މި ވަސީލަތް ފުޅާ ދާއިރާއެއްގައި ބޭނުންކުރެވިފައެއް ނުވެއެވެ.
ގޫގުލްގެ މި އެއްބަސްވުމަކީ ޓައިވާނުގައި ޖިއޯތާމަލް ހަކަތައިގެ ބޭނުންކުރުން އިތުރުކޮށް، އެ ގައުމުގެ ހަކަތައިގެ ދާއިރާ އިތުރަށް ތަރައްގީކުރަން ލިބޭނެ ބާރަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.
ޖިއޯތާމަލް އެއްބަސްވުމެއްގައި ގޫގުލުއާއި ޓައިވާނުން ސޮއިކޮށްފި ޖިއޯތާމަލް އެއްބަސްވުމެއްގައި ގޫގުލުއާއި ޓައިވާނުން ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ