ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގެ އިސްނެގުމުގެ މަތިން، ސިއްޙީ ދާއިރާ ތަރައްޤީކުރުމަށް ޤާނޫނީގޮތުން ލިބިދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކުރުމާއި ގުޅޭގޮތުން ބާއްވާ ފުރަތަމަ "މެޑިކޯ ލީގަލް" ކޮންފަރެންސް މިއަދު ފަށައިފިއެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންފަރެންސްގެ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ ޑރ. ޝާހް މާހިރެވެ. މި ކޮންފަރެންސްގައި ރާއްޖެ ހިމެނޭހެން 8 ޤައުމަކުން ދިރާސީ ކަރުދާސް ހުށަހަޅާފައިވާކަން ފާހަގަކުރެވެއެވެ.
ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝާހް މާހިރު ވިދާޅުވީ، "ހޮސްޕިޓަލުތަކުގައި އިހުމާލުގެ ސަބަބުން ހިނގާ އެކިއެކި ކަންކަމުގައި ބަލި މީހާއާއި ސިއްޙީ އެހީތެރިންނަށް ލިބޭ ގެއްލުމާއި ހުށައެޅިގެންދާ ނުރައްކަލުން ރައްކާތެރިކުރުމަށް، އެފަރާތްތަކަށް ލިބިދޭ ޤާނޫނީ ރައްކާތެރިކަމާއި ބެހޭގޮތުން އެކަށީގެންވާ މިންވަރަށް ވާހަކަ ނުދެކެވޭ" ކަމަށެވެ.
ޤައުމީ ޔުނިވަރސިޓީން ފާހަގަކުރައްވާ ގޮތުގައި މި ކޮންފަރެންސަކީ ރާއްޖޭގެ ސިއްޙީ ނިޒާމު ވަރުގަދަކޮށް ތަރައްޤީކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމުގައި ބެލެވެއެވެ. އަދި މި ކޮންފަރެންސްގެ ސަބަބުން ސިއްޙީ ދާއިރާގައި ދިމާވާ ޤާނޫނީ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.
ރާއްޖޭގެ ފުރަތަމަ "މެޑިކޯ ލީގަލް" ކޮންފަރެންސް ޤައުމީ ޔުނިވަރސިޓީގައި ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ