އެސްޓީއޯގެ ބޭސް ފޯރުކޮށް ދިނުން ހަރުދަނާކުރަން ކަމާބެހޭ ފަރާތްތަކާއެކު މުހިންމު ބަދަލެއް

އެސްޓީއޯއިން ވަނީ އެ ކުންފުނީގައި ހުރި ބޭސް ޑޮކްޓަރުންނަށް ވަގުތުން ފެންނާނެ އޮންލައިން ޕްލެޓްފޯމެއް ގާއިމް ކުރަން ނިންމާފަ އެވެ.
ރައްޔިތުން ބޭނުންވާ ބޭސް އެސްޓީއޯގެ ބޭސް ފިހާރަތަކުން ލިބުމުގައި ކުރިމަތިވަމުން އަންނަ ދަތިތަކަށް ހައްލު ހޯދަން އެސްޓީއޯއާއި ސިއްހީ ދާއިރާ ގުޅިގެން މުހިންމު ބަދަލެއް ގެނެސްފި އެވެ.
އާސަންދައިން ވިއްކާ ބޭހުގެ ބޮޑު ބައެއްގެ އިތުރުން ރާއްޖެއަށް ބޭސް އެތެރެ ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ އެސްޓީއޯއިން ވަނީ ރައްޔިތުންނަށް ބޭސް ފޯރުކޮއްދިނުމުގައި ކުރިމަތިވެފައިވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކޮށް، އެކަމަށް ހައްލެއް ހޯދުމުގެ މަސައްކަތުގެ ތެރެއިން މޯލްޑިވްސް ޑޮކްޓަރސް ޔޫނިއަން އަދި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން ގުޅިގެން ބައްދަލުވުމެއް ބާއްވާފަ އެވެ.
މި ބައްދަލުވުމުގެ ބޭނުން - އެސްޓީއޯއިން ބުނީ މި މަޝްވަރާ ބައްދަލުވުން ބޭއްވުމުގެ މައިގަނޑު ބޭނުމަކީ އާންމު ރައްޔިތުންނަށް ބޭނުންވާ ބޭސްފަރުވާގެ ބާވަތްތައް ހޯދުމުގައި ދިމާވާ އުނދަގޫތަކާމެދު ހުރިހާ ފަރާތްތަކުން ފާހަގަކުރާ މައްސަލަތައް ހިއްސާކޮށް، އެކަންކަމަށް ދެމެހެއްޓެނިވި ހައްލެއް ހޯދައި، ފަސޭހަކަމާއެކު ބޭސް ލިބޭނެ ނިޒާމެއް ގާއިމުކުރުމެވެ.
އެސްޓީއޯއިން ދާދިފަހުން ވަނީ ރާއްޖޭގައި ބޭނުން ކުރުން ހުއްދަ ނެތް ބައެއް ބޭސްތައް ޑޮކްޓަރުން ލިޔަމުންދާތީ އެ ބޭސް ރާއްޖެއަށް ގެންނަން ދަތިވާ ކަމަށް ބުނެފަ އެވެ. ރާއްޖޭގެ އެމްރޫވް ޑްރަގް ލިސްޓުގައި 4،000 އަށްވުރެ ގިނަ ބޭސް ހިމެނެ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ