ހުޅުމާލޭގައި ހިނގި އެކްސިޑެންޓު: ކާރުގައި ތިބި ތިން މީހުން ވެސް ހައްޔަރު ކޮށްފި މަގުބޫލު ލިޔުންތައް ސ.މީދޫ ޒުވާނަކު މާވަހަރެއް ކަމަށް ލަފާކުރާ އެއްޗެއް ހޮވައިފި އައްޑު ސިޓީގައި ޒުވާނަކު މަރާލި ކަމަށް ތުހުމަތުކޮށް ދައްކަމުން ދާ ވާހަކަ ފުލުހުން ދޮގުކޮށްފި ހ

ވިނަރެސް މަޝްރޫއިން ފްލެޓް ގަނެފައިވާ ފަރާތްތަކަށް އެ އިމާރާތުގައި ކާރު ޕާކުކުރާނެ ޖާގަ ދޫކުރުމަށް ނިންމާ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެޗްޑީސީއިން ބުނީ ޕާކިން ޖާގަ ދޫކުރުމަށް ހަމަޖެހިފައިވަނީ ދެ މޮޑެލްއެއްގެ ދަށުން ކަމަށެވެ. އެ ގޮތުން އިމާރާތުގެ ތެރެއިން ކާރު ރަޖިސްޓްރީކުރުމުގެ ހުއްދައާއި އެކު ޖުމްލަ 76 ޖާގަ އަދި އިމާރާތުގެ ބޭރުން ހަމައެކަނި ކާރު ޕާކުކުރުމަށް 78 ޕާކިން ޖާގަ ދޫކުރުމަށް ހަމަޖެހިފައިވާކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ.
ޕާކިން ޖާގައަށް ހުށަހެޅުމުގެ ޝަރުތުތަކުގެ ތެރޭގައި ވިނަރެސް ފްލެޓް ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ މައި އެޕްލިކަންޓަށްވުން ހިމެނެއެވެ. އަދި އެ ކޯޕަރޭޝަނަށް ޑިސެމްބަރު 5 ވަނަ ދުވަހުގެ ކުރިން ފައިސާ ދައްކަންޖެހި، ނުދައްކާވާ ފަރާތެއްކަމުގައި ނުވުން ހިމެނެއެވެ. އެޗްޑީސީއިން އިތުރަށް ބުނީ ދޫކުރާ ޕާކިން ޖާގައަކީ ފްލެޓް ގަތުމުގެ އެއްބަސްވުމުގެ ދަށުން ދޫކުރާ ޖާގައެއްގެ ގޮތުގައި ހަމަޖެއްސޭނެކަމަށާއި ކޮންމެ ފަރާތަކަށްވެސް ދޫކުރެވޭނީ އެއް ޕާކިން ސްލޮޓްކަމަށެވެ.
އިމާރާތުގެ ތެރެއިން ބީލަން އޫސުލުން ޕާކިން ޖާގަ ވިއްކުމަށް ހަމަޖެހިފައިވަނީ:
– ބީލަން ފެށޭ އަގު: 650،000 ރުފިޔާ
– ޕާކިން ޖާގަ ގަންނަ ފަރާތްތަކަށް މި ޖާގައިގައި ކާރު ރަޖިސްޓްރީކުރުމުގެ ހުއްދަ ދެވޭނެ
– ބީލަން ކާމިޔާބުކުރާ ފަރާތްތަކަށް ޖުމްލަ ފައިސާގެ އަދަދު ދެއްކުމަށް 30 ދުވަސް ދެވޭނެ
އިމާރާތުގެ ބޭރުން ބީލަން އޫސުލުން ޕާކިން ޖާގަ ވިއްކުމަށް ހަމަޖެހިފައިވަނީ:
– ބީލަން ފެށޭ އަގު: މަހަކު 2000 ރުފިޔާ
– ޕާކިން ޖާގަ ކުއްޔަށް ދޫކުރަނީ 5 އަހަރުގެ މުއްދަތަށް
– ސެކިއުރިޓީ ޑިޕޮސިޓް: މަހު ކުލީގެ ގޮތުގައި ހުށަހަޅާފައިވާ އަދަދަށްވާ 3 މަހުގެ ފައިސާ ދެއްކުމަށް 7 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ.
– ޕާކިން ޖާގަ ދޫކުރާނީ ހަމައެކަނި ޕާކު ކުރުމުގެ ބޭނުމަށެވެ. މި ޖާގައިގައި ރަޖިސްޓްރީކުރުމުގެ ހުއްދައެއް ނުދެވޭނެއެވެ.
އެޗްޑީސީއިން ވަނީ ޕާކިން ޖާގަ ގަތުމަށް ނުވަތަ ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން ޕޯޓަލް މެދުވެރިކޮށް ޑިސެމްބަރު 5 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ