ރާއްޖޭން 4،300 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފި

އިމިގްރޭޝަންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް 186 ރެއިޑް އޯޑަރު ނެރެ، 1237 ތަން ބަލާ ވަނީ ފާސްކޮށްފަ އެވެ،.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެ ވިޔަފާރި ކުރަމުން ދިޔަ 4،300 އަށްވުރެ ގިނަ ބިދޭސީން ރާއްޖޭން ޑީޕޯޓްކޮށްފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންޓްރޯލަރު އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލު ކުރަން ކުރަމުންދާ މަސައްކަތުގެ ތެރޭން މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް 4،360 ބިދޭސީން ވަނީ ފުރުވާލެވިފަ އެވެ.
"ރާއްޖޭން ފުރުވާލެވުނު މީހުންގެ ތެރޭގައި ގަވައިދާ ހިލާފަށް އުޅެނިކޮށް އިމިގްރޭޝަންގެ ބެލުމުގެ ދަށަން ގެނެސް ފުރުވާލި މީހުންނާއި އަމިއްލަ އަށް ފުރައިގެން ދިޔަ މީހުންގެ އިތުރުން ވަކި މުއްދަތެއްގެ ތެރޭގައި ފުރަން އަންގައިގެން ފުރައިގެން ދިޔަ މީހުންވެސް ހިމެނޭ،" ޝައްމާން ވިދާޅުވި އެވެ.ޝައްމާން ވިދާޅުވީ އިމިގްރޭޝަންގެ އަމާޒަކީ ސަރުކާރަށް އެއް އަހަރު ވުމުގެ ކުރިން ޓާގެޓް ކަމަށްވާ 5،000 މީހުން ރާއްޖޭން ޑީޕޯޓް ކުރުމެވެ.އޭނާ އިތުރަށް ވިދާޅުވީ މިހާތަނަށް 186 ރެއިޑް އޯޑަރު ނެރެ، 1237 ތަން ބަލާ ފާސްކޮށް، ފުލުހުންގެ އިންޓެލިޖެންސާ ގުޅިގެން ޓާގެޓްކޮށްގެން ވަނީ 78 އޮޕަރޭޝަނެއް ހިންގާފަ އެވެ. މީގެ އިތުރުން ހުޅުމާލެ ފޭސް އެކެއް އަދި ދޭއް އިންސްޕެކްޓްކޮށް 200 އޮފިސަރުން ބައިވެރިވެގެން ވަނީ 896 ތަނެއް ބަލައި ފާސްކޮށް ނޯޓިސްދީ، ބައެއް ފަރާތްތައް ބެލުމުގެ ދަށަށް ވަނީ ގެނެވިފަ އެވެ.އިމިގްރޭޝަންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޑިޓެންޝަންގައި މިހާތަނަށް 165 ބިދޭސީން އެބަތިއްބެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ