ޤައުމަށް ވަފާތެރި، ދީންވެރި ބައެއްގެ ގޮތުގައި ވުމަށް ޒުވާނުންނަށް ރައީސް ގޮވާލައްވައިފި

ދިވެހި ޒުވާނުންގެ ދުވަހާ ގުޅިގެން، ޤައުމަށް ވަފާތެރި އަދި ދީންވެރި ބައެއްގެ ގޮތުގައި ވުމަށް ޒުވާނުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ގޮވާލައްވައިފިއެވެ.
ރައީސް މިހެން ވިދާޅުވީ ދިވެހި ޒުވާނުންގެ ދުވަހދުވަހުގެ ތަހުނިޔާ ފޮނުއްވަވަމުން، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.ރައީސް މުޢިއްޒު އެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، ޒަމާނުގެ އާ ފިޔަވަޅުތަކުގެ މަތީގައި ހަލުވިކަމާއެކު ދިވެހި ޒުވާނުން ދަތުރުކުރަންޖެހޭ ކަމަށެވެ. އަދި ޒުވާނުންނަކީ ޤައުމާއި، މުޖުތަމަޢާއި އަދި ޢާއިލާއަށް ވަފާތެރި، ދުޅަހެޔޮ، ޚުލްގުހެޔޮ، އަދި ދީންވެރި ބައެއްގެ ގޮތުގައި ވުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ."އަޅުގަނޑުގެ އުއްމީދަކީ ދިވެހި ޒުވާނުންނަކީ ޤައުމަށާއި، މުޖުތަމަޢަށާއި، އަދި އާއިލާއަށް ވަފާތެރި، ދުޅަހެޔޮ، ޚުލްގުހެޔޮ، އަދި ދީންވެރި ބައެއްގެ ގޮތުގައި ވުމެވެ. އަދި ޒަމާނުގެ އާ ފިޔަވަޅުތަކުގެ މަތީގައި ހަލުވިކަމާއެކު ދަތުރުކުރުމެވެ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހަކީ ދިވެހިރާއްޖޭގައި ފާހަގަކުރާ ދިވެހި ޒުވާނުންގެ ދުވަހެވެ. މި ދުވަހަކީ ޒުވާނުންގެ ޙައްޤުތަކާއި، އެމީހުންގެ ދައުރު އަދި ޤައުމު ބިނާކުރުމުގައި ޒުވާނުންގެ މުހިންމުކަން ފާހަގަކުރުމަށް ޚާއްޞަކުރެވިފައިވާ ދުވަހެކެވެ.ރައީސް މުޢިއްޒުގެ މި ގޮވާލެއްވުމަކީ، ޒުވާނުން ޤައުމީ ތަރައްޤީގައި ބައިވެރިވުމުގެ މުހިންމުކަން އަދި އިސްލާމީ އަޤީދާއާއި ދިވެހި އާދަކާދަ ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކޮށްދޭ ގޮވާލެއްވުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ