ޑްރޯންގެ ބޭނުން ހިފަމުން ދޭތޯ ބެލުމަށް ޑިފެންސް މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަނީ ޒަކާތު ހައުސް އާއި މެލޭޝިއާގެ އިންސިފް ޔުނިވާސިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި ކައުންސިލްތަކަށް ފަޅުރަށްތައް ދޫކުރުމުގެ އެންމެ ބޮޑު ބޭނުމަކީ މާލީ ގޮތުން ބާރުވެރިކ

ހުޅުމާލެ މާރުކޭޓްއް ރެއިޑްކޮށް ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 23 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަންއިން ބުނީ ހުޅުމާލެ ފޭސް 1ގައި ހުންނަ “ރަށު މާރުކޭޓު” ގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް މަސައްކަތް ކުރަމުންދާ މީހުން ބެލުމަށް އިއްޔެ ހާއްސަ ރެއިޑު އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
އިމިގްރޭޝަނުން ބުނީ މި މާރުކޭޓުގެ 15 ގޮޅިއެއްގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް މަސައްކަތްކުރަމުން ދިޔަ 23 ބިދޭސީން އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 15 ފިރިހެނުންނާއި 8 އަންހެނުން ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އިމިރޭޝަނުން ބުނީ މި ރެއިޑުގައި އިމިގްރޭޝަންގެ 30 އޮފިސަރުން އަދި ފުލުހުންގެ 24 އޮފިސަރުން ހަރަކާތްތެރިވެފައިވެއެވެ. އަދި ކަމާ ގުޅުންހުރި އިދާރާތައް ކަމަށްވާ ހެލްތް ޕްރޮޓެކްޝަން އެޖެންސީ އާއި މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އިން ވެސް ވަނީ މި ރެއިޑުގައި ބައިވެރިވެފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ