މުޅި މާލޭގައި ފެންބޮޑުވެއްޖެ، ކުރިއަށް އޮތް ތިން ދުވަސް މޫސުން ގޯސް

މެޓް އޮފީހުން ބުނީ ދެ މޫސުން ބެދޭ ވިއްސާރަ ކުރިއަށް އޮތް ތިން ދުވަހަށް ކުރާނެ ކަމަށެވެ. އިއްޔެ ވެސް ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކޮށްފަ އެވެ. އެންމެ ގަދަޔަށް ވިއްސާރަ ކޮށްފައި ވަނީ ރާއްޖޭގެ ދެކުނަށެވެ.
ރޭ ފަތިހުން ފެށިގެން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މުޅި މާލޭގައި ފެންބޮޑުވެއްޖެ އެވެ.
މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ވިއްސާރަ ކުރަމުންނެވެ. މިހާރު ކުރަމުން މިދަނީ ދެމޫސުން ބެދޭ ވިއްސާރަ އެވެ.މެޓް އޮފީހުން ވަނީ މާލެ އަތޮޅު ހިމެނޭހެން ހަ އަތޮޅަކަށް ޔެލޯ އެލާޓް ނެރެފަ އެވެ. ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދު މެންދުރު 1:00 ގެ ނިޔަލަށެވެ. އެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.އަދި، ވިލާގަނޑުގައި ގަނޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.ވ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަށް މެޓުން ވަނީ ވައިޓް އެލާޓް ވެސް ނެރެގަ އެވެ. މި ސަރަހައްދަށް އެލާޓް ނެރުނީ ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށެވެ.މެޓް އޮފީހުން ބުނީ ދެ މޫސުން ބެދޭ ވިއްސާރަ ކުރިއަށް އޮތް ތިން ދުވަހަށް ކުރާނެ ކަމަށެވެ. އިއްޔެ ވެސް ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކޮށްފަ އެވެ. އެންމެ ގަދަޔަށް ވިއްސާރަ ކޮށްފައި ވަނީ ރާއްޖޭގެ ދެކުނަށެވެ.އެގޮތުން، އައްޑޫ ސިޓީ ހިތަދޫއަށް އިއްޔެ 110.6 މިލިލީޓަރުގެ ވާރޭ ވަނީ ވެހިފަ އެވެ. އަދި ގަމަށް 106.5 މިލިލީޓަރުގެ ވާރޭ ވެހިފައިވެ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ