ރައީސް ސާލިހަށް ދެވަނަ ދައުރެއް ދިނުންހާ މޮޔަކަމެއް ރައްޔިތުން ނުކުރާނެ: ގާސިމް

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ދެވަނަ ދައުރެއް ދެއްވުމަކީ ރައްޔިތުން ހަދާނެ ވަރަށް ބޮޑު ގޯހެއްކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެނޑިޑޭޓު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިއަހަރު އޮންނަ ރިޔާސީ އިންތިހާބަށް ކުރައްވާ ކެމްޕެއިންގެ ތެރެއިން ގާސިމް މިއަދު ދަތުރުކުރެއްވީ ށ އަތޮޅުގެ ރަށްތަކަށެވ.ެ އެ އަތޮޅުގެ ފަސް ވަނަ ރަށ، މިލަންދޫގައި ހުންނަވާ ވާހަކަ ދައްކަވަމުންް ގާސިމް ވިދާޅުވީ މި ސަރުކާރުން އަންނަނީ ލިޔެވިފައި އޮތް ާގާނޫނު އަސާސީއާއި ކަނޑައެޅިގެން ހިލާފުވަމުންކަމަށެވެ. މިކަމުން ސަލަމާތްވާންޖެހޭކަމަށާއި، މަސައްކަތް ނުކޮށް އަތް އުރާލައިފިނަމަ ފެންނާނީ ގައުމު އަޅުވެތިވާތަންކަމަށް ގާސިމް ވިދާޅުވިއެވެ.
އުތުރާއި ދެކުނުން ގައުމުގެ ތަންތަން ސަރުކާރުން ދޫކުރަމުން އަންނަކަމަށް ފާހަގަކޮށް ގާސިމް ވިދާޅުވީ އެހެން ގައުމެއްގެ ސިފައިން ރާއްޖޭގައި ބޭތިއްބޭނީ މަޖިލީހުން ފާސްކޮގެން ނަމަވެސް އެއްވެސް ސަރުކާރަކުން މަޖިލީހުން އެކަން އެގޮތަށް ކުރުމަށް ފާސްކޮށްފައިނުވާކަމަށެވެ، ނަމަވެސް ރާއްޖޭގައި ބޭރުގެ ސިފައިން އެކި ހިސާބުތަކުގައި އެބަ ތިބިކަމަށް ގާސިމް ވިދާޅުވިއެވެ. ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންވެސް މިވާހަކަތައް ދައްކަވަމުން އަންނަކަމަށް ގާސިމް ވިދާޅުވިއެވެ.
ޗާގޯސްގެ މައްސަލައާއި ގުޅިގެން ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީއަކުން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވަނީ ޑިއޭގޯ ގާސިޔާއަށް ގައުމުގެ ބައެއްދީފައިކަމަށެވެ.
އެކިއެކި ރޮގުން ރޮގުން އިގްތިސާދީ މަންފާ ގައުމަށް ހޯދޭނީ މިނިވަންކަން އޮވެގެންކަމަށާއި، އަޅުވެތިވެފައިވާ ގައުމެއް ކުރިއަރައިގެން ނުދާނެކަމަށް ގާސިމް ވިދާޅުވިއެވެ. ކޮންމެ ހާލެއްގައިވެސް މިނިވަންކަން ދަމަހައްޓަންޖެހޭކަމަށް ގާސިމް ވިދާޅުވިއެވެ. ހދ ހަނިމާދޫގެ ރައްޔިތުންނާއި ބައްދަލުކުރުމަށް އެ ރަށަށް ކުރެއްވި ދަތުރަށް އިޝާރާތް ކުރައްވާ ގާސިމް ވިދާޅުވީ، އެ ރަށުން އެހެން ގައުމުތަކުގެ ސިފައިން ފެނުންކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައީ ކޯލިޝަން އެއްބަސްވުމެއްގެ ތެރެއިންކަމަށެވެ. ގައުމުގެ ބޮޑުކަމެއްގައި ގޮތް ނިންމަނީނަމަ، އެ ނިންމުމެއްގެ ކުރިން ކޯލިޝަން ޕާޓީތަކުގެ ލީޑަރުންގެ ލަފައާއި މަޝްވަރާ ހޯދާ ގޮތް ނިންމުމަށް އެ އެއްބަސްވުމުގައި އޮތް ނަމަވެސް މި ސަރުކާރުން އެއްބަސްވުމާއި ހިލާފުވެފައިވާކަމަށް ގާސިމް ވިދާޅުވިއެވެ. މި ސަރުކާރުން ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންކަމުގައިވެސް ޖަވާބުދާރީނުވާކަމަށް ފާހަގަކޮށް ގާސިމް ކަންބޮޑުވުން ފާޅު ކުރެއްވިއެވެ.
މި ސަރުކާރުގެ ދަރަންޏާއި ގުޅިގެން ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ދިވެހި ސަރުކާރުން 3 ބިލިއަން ޑޮލަރު އިންޑިއާއިން ނަގާފައިވާކަމަށެވެ. އަދި ސަރުކާރުން ރައްޔިތުންނާއި މި ވާހަކަތައް ހިއްސާ ނުކުރައްވާކަމަށް ފާހަގަކޮށް، މި މައުލުމާތުތައް ލިބެނީ އިންޑީއާގެ ނޫސްތައް މެދުވެރިކޮށްކަމަށް ގާސިމް ވިދާޅުވިއެވެ.
އޭނާގެ ވެރިކަމެއްގައި މަސައްކަތްކުރާނީ ކަންކަން ކުރަން އޮންނަ އުސޫލުގެ ތެރެއިންކަމަށް ފާހަގަކޮށް ގާސިމް އިޝާރާތްކުރެއްވީ މިލަންދޫގެ މަގު ހެދުމުގެ މަޝްރޫއު ސަރުކާރުން ކުރިއަށް ގެންދާ ގޮތަށެވެ. އެއްފަހަރާ މަގުތައް ކޮނެގެން ކުރިއަށް ގެންދާއިރު މަސައްކަތް ކުރިއަށްދާލެއް ލަސްކަމަށް ގާސިމް ވިދާޅުވިއެވެ. ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) ގައި އެތައް މުވައްޒަފުންނެއް ތިބި ނަމަވެސް، މަސައްކަތް ނުކުރައްވާކަމަށް ފާާހަގަކޮށް ގާާސިމް ވިދާޅުވީ އެ ކުންފުނީގައި ބޮޑެތި ބައިގަނޑުތައް އެބަހުރިކަމަށެވެ. މި ސަރުކާރަށް ރައްޔިތުންނަށް ކޮށްދެވުނުކަމެއް ނެތްއިރުގައި، ސަރުކާރުން ކުރި މަސައްކަތުގެ މައުލޫމާތުވެސް ނުދޭކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މި ސަރުކާރުން ކޮށްފައިވާ ރަނގަޅު ކަންކަމުގެ 50 އިންސައްތަ ކްރެޑިޓް ދޭންޖެހޭނީ ޖޭޕީއަށްކަމަށެވެ. އަދި ޕީޕީއެމްގެ ވެރިކަމުގައި ކޯށްފައިވާ ރަނގަޅު ކަންކަމުގެ 50 އިންސައްތަވެސް ދޭންޖެހޭނީ ޖޭޕީއަށްކަމަށެވެ. މިއީ ދައްކަން ހުތުރު ވާހަކައެއް ނޫންކަމަށް ފާހަގަކޮށް ގާސިމް ވިދާޅުވީ، ނަމަވެސް ސަރުކާރުތަކުން ކޮށްފައިވާ ނުރަނގަޅު ކަންކަމަކީ ޖޭޕީގެ ހިއްސާ އޮވެގެން ކޮށްފައިވާ ކަންކަން ނޫންކަމަށެވެ. އަދި އެކަންކަމަށް ޖޭޕީއިން ނޫނެކޭ ބުނެފައިވާނެކަމަށާއި، ސަރުޚާރާއި ހިޔާލު ތަފާޓުވުން އުފެދުން ސަބަބަކީއެއީކަމަށް ދޭހަވާފަދަ މޭރުމަކުން ގާސިމް ވާހަކަދެއްކެވިއެވެ.
ގާސިމް އެދިވަޑައިގެންނެވީ އޭނާއަށް ވޯޓުދެއްވުމަށެވެ. އަދި އޭނާ ވަރުގެ ރަނގަޅު ކެނޑިޑޭޓެއް ރިޔާސީ އިންތިހާބެއްގައި ކުރިމަތިލާފައިނުވާކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގެ ސުކޫލުތަކުގެ ކްލާސްރޫމްތައް އެއާ ކޮންޑިޝަން ކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ