މާލޭ ސަރަހައްދުގެ ބޮޑު އާބާދީއެއް ދިރިއުޅޭ ހުޅުމާލެއިން ދެ ގަޑިއިރަށް ކަރަންޓު ކެންޑިއްޖެއެވެ.
ސްޓެލްކޯގެ އޮފިޝަލަކު "ރާއްޖެއެމްވީ"އަށް ވިދާޅުވީ ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށާއި، މިހާރު މައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ. ނަމަވެސް ދިމާވި މައްސަލައިގެ ތަފްސީލެއް އޭނާ ނުދެއްވައެވެ.
ހުޅުމާލެއިން ކަރަންޓު ކެނޑުނީ ބުރާސްފަތި ދުވަހުގެ ހެނދުނު 9:45 ހާއިރުއެވެ. އަދި ކަރަންޓު ލިބުނީ މެންދުރު 11:15 ހާއިރުއެވެ.
ގާތްގަނޑަކަށް ދެ ގަޑިއިރަށް ހުޅުމާލެއިން ކަރަންޓު ކެނޑުމުން އެ ރަށުގެ ގިނަ ހިދުމަތްތަކަކަށް ބުރޫ އަރާފައިވެއެވެ. އެގޮތުން ސްކޫލުތަކާއި، އޮފީސްތަކުގެ މަސައްކަތް ހުއްޓުނެވެ.
ފަހަކަށް އައިސް ދޭތެރެ ދޭތެރިން ހުޅުމާލެއިން ކަރަންޓު ކެނޑެމުންދެއެވެ. އެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބޭތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ހުޅުމާލެއިން ދެ ގަޑިއިރަށް ކަރަންޓް ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ