ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވަން ނިންމަވާފައިވާ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
އުމަރުގެ ޕާސްޕޯޓް ހިފެހެއްޓީ އޭނާ ހިއްސާވާ ކުންފުންޏެއްގެ ސާބިތު ދަރިނީގެ މައްސަލައެއްގަ އެވެ.
ރަހުނެއް ނުހިމެނޭ ސާބިތު ދަރަންޏާ ބެހޭ ގަވައިދުގައި ބުނާ ގޮތުން، ކުންފުންޏެއްގެ މައްޗަށް ދަރަންޏެއް ސާބިތުވެއްޖެ ނަމަ އެ ފައިސާ ދައްކަންދެން، އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ޕާސްޕޯޓް ހިފެހެއްޓިދާނެ އެވެ. އުމަރުގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ މި ގަވައިދުގެ ދަށުންނެވެ.
ނަމަވެސް އުމަރު ވިދާޅުވީ ޕާސްޕޯޓް ނުހިފަހައްޓާ ކަމަށާއި "އެއީ ދޮގެއް" ކަމަށެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މިއަދު ހުޅުވާލާފައިވާއިރު އުމަރަކީ އެ އިންތިހާބުގައި ވާދަކުރާނެކަން އިއުލާން ކުރައްވާފައިވާ ބޭފުޅެކެވެ.
އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާ މީހެއް ނަމަ ރައީސުލްޖުމްހޫރިއްޔާ ކަމަށް ޝަރުތު ހަމައެއް ނުވާނެ އެވެ.
އުމަރު ނަސީރު ވަނީ 2008ގެ ރިޔާސީ އިންތިހާބާއި 2013ގެ ރިޔާސީ އިންތިހާބުގެ ޓިކެޓް ހޯދެއްވުމަށް ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވައިފަ އެވެ.
ސާބިތު ދަރަނީގެ މައްސަލައެއްގައި އުމަރު ނަސީރުގެ ޕާސްޕޯޓް ހިފަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ