އިންޑިއާއިން ޕާކިސްތާނާއި ޗައިނާއަށް ހަމަލާ ދެވޭހާ ދުރުރާސްތާ މިސައިލެއް ޓެސްޓުކުރަނީ

ހަބަރު: ދިއިސްލާމް ޑެއިލީއިންޑިއާއިން ޕާކިސްތާނާއި ޗައިނާއަށް ހަމަލާ ދެވޭހާ ދުރުރާސްތާ މިސައިލެއް ޓެސްޓުކުރަން ‘ތައްޔާރު’ކަމަށް އިންޑިއާގެ ސަރުކާރުން ހާމަކޮށްފިއެވެ.އިންޑިއާއިން ޓެސްޓުކުރުމަށް ތައްޔާރުވެފައިވާ މިސައިލްއަކީ 5 ހާސް ކިލޯ މީޓަރުގެ ރާސްތާގެ މިސައިލެއްކަމަށް އިންޑިއާގެ އަސްކަރިއްޔާއިންވަނީ ބުނެފައެވެ. ‘އަގްނީ-4’ މަރުކާގެ މިމިސައިލަކީ އެއްގަމުގައި ބޭނުންކުރާ މިސައިލެއް ކަމަށާއި މި މިސައިލްގައި ނިއުކްލިއާ ވޯހެޑެއް ހިމެނޭކަމަށެވެ.‘އަގްނީ’ ގެ މާނައަކީ ‘އަލިފާން’ މިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ