އަހުމަދު ނިމާލްގެ "ހެހެސް" ގެ ޝޫޓިން ފަށައިފިއެވެ.
ޔޫއްޕެ ޕްރޮޑަކްޝަން އަދި ޝައި ޕްރޮޑަކްޝަނުން ގެނަސްދޭ "ހެހެސް" ގެ މަންޒަރުތައް މިހާރު ނަގަމުން ދަނީ ބ އަތޮޅު ގޮއިދޫގައެވެ. ގޮއިދޫގެ މަންޒަރުތައް ނަގާ ނިމުމަށްފަހު މާލޭގައިވެސް ބައެއް މަންޒަރުތައް ނަގާނެކަމަށް ޕްރޮޑަކްޝަން ޓީމުން މަޢުލޫމާތު ދެއެވެ.
މިފިލްމަކީ ޔޫސުފް ޝަފީޢު، ޔޫއްޕެ ގެ ސްކްރީންޕްލޭއަކަށް ހަދާ ފިލްމެކެވެ. "ހެހެސް" ގެ ތަރިންގެ ތެރޭގައި ޔޫއްޕެގެ އިތުރުން އިބްރާހިމް ޖިހާދު، އަލީ އާޒިމް، ޝިޔާޒާ މުޙައްމަދު، މަރިޔަމް ޝިފާ، އިރުފާނާ އިބްރާހިމް، ވަޝިއްޔާ މުޙައްމަދުގެ އިތުރުން އައިޝަތު ލަހުފާއެވެ.
Articl Inline Image
2016 ވަނަ އަހަރު ނިމާލް ޑައިރެކްޓުކުރި "އެރެއަށްފަހު" ފިލްމުގެ ފަހުން "ހެހެސް" އަކީ އޭނާ ޑައިރެކްޓުކުރާ ފުރަތަމަ ފިލްމެވެ. ނިމާލުގެ އެހެން ޑައިރެކްޝަންތަކުގެ ތެރޭގައި "ސިޓީ"، "ޒަލްޒަލާ އެނބުރި އައުން" މީގެ އިތުރުން "އަނިޔާ" ވެސް ހިމެނެއެވެ.
މަޝްހޫރު ސިނަމެޓޯގްރަފާ އިބްރާހިމް މުސާ، ދަބާ ކެމެރާ ކުރާ "ހެހެސް" ސިނަމާތަކުގައި އަޅުވާނެ ތާރީހެއް އިއުލާންކޮށްފައެއް ނުވެއެވެ.
އަހުމަދު ނިމާލްގެ "ހެހެސް" ގެ ޝޫޓިން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ