ޖަލަށް ގެއްލުންދީ ހަމަނުޖެހުން ހިންގަން އުޅެފި

މާފުށި ޖަލަށް ގެއްލުންދީ ހަމަނުޖެހުން ހިންގަން އުޅުމާއި ގުޅިގެން، ގައިދީއަކަށާއި ކަރެކްޝަނަލް ސަރވިސްގެ ދެ އޮފިސަރަކަށް އަނިޔާވެއްޖެ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނީ މާފުށީ ޖަލުގެ ޔުނިޓު 9 ގައި ތިބި ޤައިދީންނަށް ހޮނިހިރު ދުވަހުގެރޭ ކާންދިނުމަށްޓަކައި ޔުނިޓު ހުޅުވި ވަގުތު ބައެއް ޤައިދީން ވަނީ ގަދަކަމުން ޔުނިޓުން ނުކުމެފައި ކަމަށެވެ. މިކަން ހިނގައި ދިޔަ ގޮތް އިތުރަށް ބަލަމުން އަންނަ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.
މިހާދިސާއާއި ގުޅިގެން ކޮމިޝަނަރ އޮފް ޕްްރިޒަންސް އަހުމަދު މުހައްމަދު ފުޅު ވިދާޅުވީ މި މައްސަލަ އިތުރަށް ބެއްލެވުމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާ އެކު މާފުށި ޖަލަށް ދަތުރު ކުރައްވާފަ އެވެ.
މި ދަތުރާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ޝޭހް އިމްރާން ވަނީ، ކަރެކްޝަނަލް ސަރވިސްގައި މަސައްކަތްކުރައްވާ އޮފިސަރުންގެ މަސައްކަތުން މިކަން ބޮޑު ހަމަނުޖެހުމަކަށް ނުގޮސް ހައްލުވެފައިވާ ކަމަށެވެ. އޮފިސަރުންގެ ކުޅަދާނަކަން ފާހަގަކުރައްވާ ޝޭހް އިމްރާން ވިދާޅުވީ، ސަރުކާރުގައި އަމާޒަކީ އިންސާނީ ކަރާމާތަށް އިސްކަންދީގެން ޖަލު ބެލެހެއްޓުން ކަމަށެވެ.
މާފުށީ ޖަލުގައި ހަމަނުޖެހުން ހިންގަން މަސައްކަތް ކޮށްފައިވާއިރު، ރައީސް ސޯލިހު ވަނީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ގެންދިޔަ 105 ގައިދީއެއްގެ އަދަބު ލުއިކޮށްދެއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ